ads
އީގަލްސްއާ ސުޕަރ ޔުނައިޓޭޑުގެ މެޗުގެ ތެރެއިން
ޔޫތު ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗު އީގަލްސްއަށް
އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު، ކްލަބު އީގަލްސްއިން ކާމިޔާބުކޮށްފިއެވެ. އީގަލްސްއިން މި މެޗު ކާމިޔާބު ކުރީ ސުޕަރ ޔުނައިޓެޑާ ވާދަކޮށް އެއް ލަނޑު ސުން ލަނޑުންނެވެ.

ނަވާރަ އަހަރުން ދަށުގެ މި މުބާރާތުގެ ފުރަތަމަ މެޗު ހޯމަ ދުވަހު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު އިރު މި މުބާރާތުގައި މި އަހަރު ނުވަ ކްލަބުން ވާދަކުރެއެވެ. އެއީ އެއްވަނަ ޑިވިޝަންގައި ހިމެނޭ އަށް ކްލަބުގެ އިތުރުން މަހިބަދޫ ޓީމެވެ. ހޯމަ ދުވަހު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި އީގަލްސްއިން ޖެހި ހަމަ އެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، މުޙައްމަދު ސަމާހު މޫސާއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސްގެ ކެޕްޓަން ހުމައިދު ހުސެއިންއެވެ.

ޔޫތު ޗެމްޕިއަންޝިޕުގައި އާދިއްތަ ހޯމަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ މަހިބަދޫއާ ޔުނައިޓެޑް ވިކްޓްރީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް