ކަސްރަތު ކުރަން ބަޔަކު ނިކުމެ އުޅެނިކޮށް--- ފޮޓޯ: ވަން
ބޫސްޓާ ޑޯޒް ޖަހައިގެން ކަސްރަތު ކަސްރަތު ކުރުން މެދުކަނޑާލުން ރަނގަޅު ކަމަށް ބުނެފި
Share
ކޮވިޑްގެ ބޫސްޓަރ ޑޯޒް ޖެހުމަށްފަހު ކަސްރަތު ކުރުން މެދުކަނޑާލުން ރަނގަޅު ކަމަށް އެޗްއޯއީސީން ބުނެފިއެވެ.
Advertisement

ބޫސްޓަ ޑޯޒް ޖަހައިގެން ކަސްތަރު ކުރުމާމެދު ސުވާލު އުފެދުނީ ރާއްޖޭގެ ޒުވާނެއް ބޫސްޓާ ޑޯޒް ޖެހިތާ ތިން ގަޑިއިރުގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވުމާއި ގުޅިގެންނެވެ. އޭނާ މަރުވީ ވެކްސިން ޖެހުމަށްފަހު މެލޭޝިއާގައި ކަސްރަތު ކުރަން ނުކުމެ އުޅެނިކޮށެވެ.

އެޗްއޯއީސީގެ އޮފިޝަލުން ބައެއް ނޫސްތަކަށް ވިދާޅުވީ ކޮވިޑް ޖެހުމަށްފަހު ކަސްރަތުކުރުން ހަފްތާއެއް ނުވަތަ ދެހަފްތާއަކަށް މަޑުކޮށްލުން އެދެވިގެންވާ ކަމަށެވެ.

ބޮޑެތި މީހުންވެސް އަދި ކުޑަކުދިންވެސް ހަފްތާއެއްހާ ދުވަސްވަންދެން ކަސްތަރާއި ދުރުވުން މުހިއްމު ކަމަށާއި، ކުޑަ ކުދިން އެއްހަފްތާ ވަންދެން ކަސްރަތާ ދުރުވުމަށް އަންގަމުން ދާކަމަށެވެ. އެއީ ދިމާވެދާނެ ސިއްހީ މައްސަލަތަކެއް ހުރެދާނެތީ ކަމަށްވެސް ވިދާޅުވެއެވެ. 

ރާއްޖެއިން އިތުރު 2707 މީހުން ކޮވިޑް-19 އަށް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް