ads
އަނުޝްކާއާއި އޭނާގެ ދަރިފުޅު
ފޮރުވައިގެން އުޅެނިކޮށް އަނުޝްކާގެ ދަރިފުޅުގެ ފޮޓޯ އާއްމު ވެއްޖެ
ވިރާޓް އާއި އަނބިމީހާ އަނުޝްކާ އަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ދަރިއަކު ލިބިފައިވާއިރު މިއަދާ ހަމައަށް ވެސް ކުއްޖާގެ ފޮޓޯއެއް ދައްކާލާފައެއް ނުވެ އެވެ.

ވިހެއުމާ އެކު ވެސް އެ ދެމަފިރިން އެދުނީ ކުއްޖާގެ ފޮޓޯ ޕަޕަރާޒީން ނުނެގުމަށެވެ. ދަރިފުޅަށް އަހަރެއް ވީއިރު ވެސް ދެމަފިރިން އުޅުނީ ދަރިފުޅު ޕަޕަރާޒީންގެ ލެންސަށް ފޮރުވައިގެނެވެ.

ނަމަވެސް މިފަހުން ވިރާޓް ކުޅުނު މެޗެއް ބަލަން ދަރިފުޅު ގޮވައިގެން އަނުޝްކާ ގޮސް އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. މިވީޑިއޯގައި ދަރިފުޅު ވަރަށް ރީތިކޮށް ފެންނައިރު، ވީޑިއޯއާއެކު ފޮޓޯތައް ވެސް ވަނީ ކުޑަ ސިކުންތުކޮޅެއްތެރޭ ވައިރަލް ވެފައެވެ.

your imageވައިރަލް ވަމުންދާ ފޮޓޯގައި ކުއްޖާ ސާފުކޮށް ފެނެއެވެ. ނަމަވެސް ކުއްޖާގެ ޕްރައިވެސީ ހިފެހެއްޓުމަށް މި ފޮޓޯގައި ކުއްޖާގެ މޫނު ވާނީ ބްލާ ކުރެވިފައެވެ

މިކަމާއި ގުޅިގެން އަނުޝްކާ އޭނާގެ އިންސްްޓަގްރާމު ސްޓޯރީގައި ވަނީ ދެމަފިރިންގެ ފަރާތުން ސްޓޭޓްމެންޓެއްވެސް އާއްމުކޮށްފައެވެ.

އެ ސްޓޭޓްމެންޓުގައި ބުނެފައިވާގޮތުން ދަރިފުޅުގެ ވީޑިއޯ އަދި ފޮޓޯ މީހަކު ނަގާފައިވަނީ އެ މެޗު ތެރޭގައި ސިއްރުންނެވެ. އަދި އެކަން އަނުޝްކާއަށް ނޭނގޭ ކަމަށާއި، ކުއްޖާގެ ފޮޓޯތައް އާއްމުކުރުމާ މެދު އެދެމަފިރިންގެ ވިސްނުން އަދި ވެސް ހުރީ ކުރިން ބުނި ގޮތަށް ފޮޓޯ އެއްވެސް މީހަކު ނަގައިގެން އާއްމު ނުކުރުމަށް ކަމަށެވެ.

އަދި ސަބަބު ކުރިން ވެސް ބުނެފައިވާނެ ކަމަށް އެ ސްޓޭޓެމެންޓްގައި ވެއެވެ.

އަނުޝްކާއާއި އޭނާގެ ފިރިމީހާ ވެސް ދަރިފުޅުގެ މޫނު ފެންނަ ގޮތަށް އެއްްވެސް ޕްލެޓްފޯމަކަށް ފޮޓޯއެއް ނުލަ އެވެ. ސަބަބަކީ ކުއްޖާގެ ޕްރައިވެސީ ހިފެހެއްޓުން ކަމަށް ދެމަފިރިން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި މިފަހަކުން ކުއްޖާ ރޭޕްކޮށް މަރާލާނެ ކަމުގެ އިންޒާރު ވެސް ލިބިފައިވާތީ ކުއްޖާގެ ޕްރައިވެސީ ހިފަހައްޓައި ދިނުމަށް އެދެމަފިރިން ވަނީ އެދިފައެވެ.

އަނުޝްކާ އާއި ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެ މީހުން ކައިވެނި ކުރިއިރު މިއީ އެމީހުންގެ އަލަތު ދަރިފުޅެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް