ads
ސީރިއާގައި ހަނގުރާމަ ކުރިއަށްދަނީ: އެތައް ކުޑަކުދީންނެއް ވަނީ ބިރުވެރިކަމެއްގެ ތެރޭގައި
ސީރިއާގެ ޖަލެއްގައި 850 ކުޑަކުދިން ބިރުވެރިކަމެއްގެ ތެރޭގައި
ސީރިއާގެ އުތުރު އިރުމަތީ ބިތުގެ ޖަލެއްގެ ތެރޭގައި ޖިހާދީ ހަރުކަށި ފިކުރުގެ މީހުން ހިފަހައްޓާފައިވާ ކަމަށް ބެލެވޭ އެތައް ސަތޭކަ ކުދިންގެ ނަސީބާ މެދު ބިރުވެރިކަން ދަނީ އިތުރުވަމުންނެވެ.

ސީރިޔާގައި 850 އެއްހާ ކުޑަކުދިންނަށް ތިބި ޖަލަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންމިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަލާ ދީފައެވެ.

ހޯމަ ދުވަހު ޖަލުގައި ތިބި 300 އެއްހާ ހަނގުރާމަވެރިން، އެޖަލު ދޫކޮށް ފިލާފައިވާކަމަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ.

ޖަލުގައި ތިބި ހަނގުރާމަވެރިން މިނިވަން ކުރުމަށް އައިއެސް އިން ފެށި އޮޕަރޭޝަންގެ ފަހުން މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އައިއެސްއަށް ނިސްބަތްވާކަމަށް ތުހުމަތު ކުރެވޭ އެތައް ހާސް ބަޔަކު ކުރުދީ ބާރުތަކުން ހިންގާ ޖަލުތަކުގައި ބަންދުކޮށްފައި ވެއެވެ.

އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން ގެ ފައުޖުތަކުން ވާގިވެރިވާ، ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އެލަޔަންސުން އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރީ މީގެ އަހަރުތަކެއް ކުރިންނެވެ. 

ނަމަވެސް އައިއެސްގެ ސެލްތައް އަދިވެސް ހަރަކާތްތެރިވަމުން އަންނަ އިރު، ސަލާމަތީ ބާރުތަކާއި އާންމުންނާ ދެކޮޅަށް ނުރައްކާތެރި ހަމަލާތައް ދިނުމުގެ މަސައްކަތްތައްތވެސް އައިއެސްއިން ދަނީ ކުރަމުންނެވެ.

އައިއެސްގެ 100 އަށް ވުރެ ގިނަ ހަނގުރާމަވެރިން ޖަލަށް ދިން ކުއްލި ހަމަލާގެ ސަބަބުން އެ ތަނުގެ އެތެރޭގައި އަދި ބޭރުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި އިރު،  އެމެރިކާއިން ވަނީ ވައިގެ ހަމަލާތައް ވެސް ދީފައެވެ.

އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ މޮނިޓަރިން ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް) އިން ހޯމަ ދުވަހު ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޖަލުގައި ހިނގި ކުރިމަތިލުންތަކުގައި އައިއެސްގެ 102 ހަނގުރާމަވެރިންނާއި އާންމުންގެ ހަތް މީހަކާއި ސަލާމަތީ ބާރުތަކުގެ 45 ކުރުދީ މެމްބަރުންނާއި ޖަލު ބަލަހައްޓާ ގާޑުން މަރުވެފައިވާ ކަމަށެވެ.

ޔުނިސެފުން ބުނީ ހަނގުރާމައިގެ ތެރޭގައި ޖަލުގައި ބަންދުކޮށްފައި ތިބި 850 އެއްހާ ކުޑަކުދިންނާމެދު ކަންބޮޑުވާ ކަމަށެވެ.

އަދި 12 އަހަރުގެ ކުޑަ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން އޮތީ "ސީރިއަސް ރިސްކެއްގައި" ކަމަށް ވެސް ބުންޏެވެ.

މާރާމާރީތައް ހިނގަމުންދާއިރު، ކުޑަކުދިންނަށް ގެއްލުން ދިނުން ނުވަތަ މަޖުބޫރުން ރެކްރޫޓް ކުރުން ފަދަ ނުރައްކާތައް އިތުރުވަމުންދާ ކަމަށާއި، އެކުދިން ދޫކޮށްލުމަށް ވެސް ގޮވާލާފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް