ads
ރައީސް ޔާމިންގެ ސަޕޯޓަރުން ކޯޓު ދޮށުގައި: ފޮޓޯ ނަސްރުﷲ- ސީއެންއެމް
ރައީސް ޔާމިންގެ ސިއްހަތާއި ގުޅޭ ލިޔެކިތުންތައް ހުށަހަޅަން ތިން ދުވަސް ދީފި
ރައީސް ޔާމިންގެ ސިއްހަތާއި ގުޅޭ ލިޔެކިތުންތައް ހުށަހަޅަން ތިން ދުވަސް ދީފިއެވެ.

ރައީސް ޔާމިންގެ ސިއްހަތާއި ގުޅޭ ލިޔެކިތުންތައް ހުށަހަޅަން ތިން ދުވަސް ހައިކޯޓުން ދީފިއެވެ. 

ރައީސް ޔާމިންގެ ގާނޫނީ ވަކީލު އާސިފް ވިދާޅުވީ ރައީސް ޔާމިންގެ ފަރާތުން ހުށަހަޅާފައިވަނީ ހިތުގެ ދާއިމީ މައްސަލައަކަށް ފަރުވާކުރުމާއި، ޅިނދު ކަށިކޮޅުގެ މައްސަލައަކަށް ފަރުވާކުރަން ޖެހޭ މައްސަލައެވެ. އެހެން ނަމަވެސް ބަނދުގައި ހުރުމުގެ ސަބަބުން އެ ބަލިތަކަށް އެކަށީގެންވާ ފަރުވާ ނުލިބޭ މައްސަލަ ވެސް ހުށަހަޅާފައިވާކަމަށެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރުގެ ހުކުމާއި، 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އިސްތިއުނާފު އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ވަނީ، ވަރަށް އަވަހަށް އިސްތިއުނާފާއި މެދު ގޮތެއް ނިންމުމަށް މަޖިލީހެއް ބާއްވާނެކަމަށް ބުނެފައެވެ. 

މިއަދުގެ މަޖިލީހުގައި ވެސް ރައީސް ޔާމިންގެ ފަރާތުން ވަނީ ކަފާލާތުގެ ދަށުން، ރައީސް ޔާމިން ދޫކޮށްދިނުމަށް އެދި އެ ކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. 

ރައީސް ޔާމިންގެ ފަރާތުން ވަނީ ހުކުން ތަންފީޒުކުރުން ލަސްކުރަން ވަގުތީ އަމުރަކަށް ވެސް އެދިފައެވެ.

ދައުލަތުގެ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ވެސް ވަނީ ތިން ދުވަސް ދީފައެވެ. 

ރައީސް ޔާމިންގެ ފަރާތުން 80 ވަރަކަށް ނުކުތާ އިސްތިއުނާފުގެ ގޮތުގައި ހުށަހަޅާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް