ads
މޯލްޑިވިއަން އިން ފުނަދޫ އަށް އަންނަ މަހު ތިނެއްގައި ދަތުރުތައް ފަށަނީ
ގައުމީ އެއާލައިން މޯލްޑިވިއަން އިން ށ. ފުނަދޫއަށް ދަތުރުތައް އަންނަ މަހުގެ ތިނެއްގައި ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ ދަތަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އެގޮތުން މާލެއިން ފުނަދީއަށް އެއްކޮޅު ޓިކެޓުގެ އަގަކީ 805 ރުފިޔާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ފުނަދޫ އެއާ ޕޯޓުގެ ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، ފުނަދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަ ޖެހިފައި ވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ.


އަދި ފުނަދޫ އެއާޕޯޓަށް ފުރަތަމަ، ހަފްތާއަކު ތިން ފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 


 އަދި މާޗް މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓަށް ބަދަލުވެގެންދާނެކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް