ads
މޮހްސިން
މުހުސިން ހުރީ ހުސްކޮށް!
"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ލީޑު ރޯލުން ފެނިގެންދާ ކާތިކް އަސްލު ނަމުން ނަމަ މުހުސިން ހާން ހުރީ ހުސްކޮށް ކަމަށް އޭނާ ބުނެފި އެވެ.

މުހުސިން އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ ލީޑު ބަތަލާގެ ރޯލުން ފެނިގެންދާ ނައިރާ އަސްލު ނަމުން ނަމަ ޝިވާންގީ ޖޯޝީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް އަބަދުވެސް އަރަ އެވެ. 

ނަމަވެސް އެކަމާ ގުޅިގެން އޭރު އެއްވެސް ފަންނާނަކު އެއްޗެއް ބުނެފައެއް ނުވެ އެވެ.

ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މުހުސިން ވަނީ އޭނާ ހުރީ ހުސްކޮށް ކަމަށް ބުނެފަ އެވެ. އަދި ބޭނުންވާ ކަހަލަ ކުއްޖަކު ފެނުމުން އިންނާނެ ކަމަށްވެސް ބުންޏެވެ.

ޝިވާންގީ އާއި މުހުސިން ފުރަތަމަ ފަހަރަށް ބައްދަލުވެފައިވަނީ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގެ ސެޓުންނެވެ. މި ދެމީހުންގެ އޮން ސްކްރީން ކެމިސްޓްރީ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

މުހުސިން ވަނީ މީގެ ކުރިން ވެސް ގިނަ ޓީވީ ޝޯތަކުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އޭނާ މަސައްކަތްކޮށްފައިވާ ބައެއް ޝޯތަކުގެ ތެރޭގައި "ޑްރީމް ގާލް" އާއި "ޕްލާރް ތޫ ނޭ ކިޔާ ކިޔާ" ހިމެނެ އެވެ.

38%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް