ads
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ
ސިވިލް ކޯޓުގެ އިސް ގާޒީއާ އެކު ހަތަރު ބޭފުޅެއްގެ މައްސަލަ ބަލަނީ
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއާ އެކު އިތުރު އެހެން ގާޒީންތަކެއްގެ މައްސަލަ ބެލުމަށް ޖޭއެސްސީން ތަހުގީގު ކޮމިޓީތަކެއް އެކުލަވާލައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ މިއަދު ބައްދަލުވުމަށް 18 މައްސަލައެއް ތާވަލްކުރެވި ހަތަރު މައްސަލައެއް ބެލުމަށް ތަހުގީގު ކޮމިޓީ އެކުލަވާލެވުނު ކަމަށެވެ. 

ތަހުގީގު ކޮމިޓީ އެކުލަވާލީ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އާއި އދ. ދަނގެތީ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އާމިރާއި، ގއ. ނިލަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މުހުސިން އަބްދުލް ހަކީމާއި، ޅ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާގެ މައްސަލަ ބެލުމަށެވެ. 

މިބޭފުޅުންނާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ އެއްވެސް ތަފްސީލެއް ޖޭއެސްސީން ހިއްސާކޮށްފައެއް ނުވެ އެވެ. 

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ މައްސަލައެއް ބެލުމަށް ތަހުގީގު ކޮމިޓީ އެކުލަވާލެވުނުއިރު އޭނާއާ ގުޅޭ ގޮތުން އެކި މައްސަލަތައް ޖޭއެސްސީއަށް މީގެކުރިން ހުށަހެޅިފައިވެ އެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް