ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ކޮރޯނާގެ ސަބަބުން 2000 ބުކިން ކެންސަލްކޮށްފި
ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަދާފައިވާ 2000 އަށް ވުރެ ގިނަ ބުކިން ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކެންސަލް ކޮށްފައިވާ ގިނަ ބުކިންގްސް ހަދާފައިވަނީ ޗައިނާ އިން ކަމަށެވެ. އެގޮތުން ހަމައެކަނި ޗައިނާ 1466 ބުކިން ކެންސަލްކޮށްފައިވާ ކަން މިހާތަނަށް ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވި އެެވެ. މިއަދަދު އިތުރުވުމަކީ ވެދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާދަމާގެ ވަގުތެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރެއްވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ކޮރޯނާ ވައިރަސްއާ ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅެއް އޮތް ނަމަ އެ ބައްދަލުވުމަށްފަހު ސަރުކާރުން އެކަމެއް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސް އެންމެ ފުރަތަަމަ ފެނި އަދި އެންމެ ބާރަށް ފެތުރެނީ ޗައިނާ ވޫހާންގައި ކަމަށެވެ. އެހެންކަމުން ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ޗައިނާ ސަރުކާރުން ވޫހާން ސިޓީ އެއްކޮށް ކަރަންޓީނު ކޮށްފައިވާއިރު ރާއްޖެއާއި ވޫހާންއާ ދެމެދު ސީދާ ދަތުރުތައް ކުރާ އެއްވެސް ފްލައިޓެއް ނެތް ކަމަށެވެ. 

އަލީ ވަހީދު އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސް ހަލުވި ކަމާ އެކު ފެތުރެމުން ދިޔަ ނަމަވެސް ވަކި ގައުމަކަށް ދަތުރުނުކުރަން އެންގުމުގެ ގޮތުން ޓްރެވަލް އެޑްވައިޒަރީ ނެރެން ޖެހޭ ހާލަތަށް އަދި ނުދާ ކަމަށެވެ. 

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެއާޕޯޓުތަކާއި ރިސޯޓްތަކާއި އަދި ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް މިހާރު ވަނީ ކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރެވިފައި ކަމަށެވެ. 

75%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް