ads
ރާއްޖެއާއި، ތުރުކީގެ ފޮރިން މިނިސްޓަރުން
ތުރުކީ ސަރުކާރާއިއެކު 5 އެއްބަސްވުމެއްގައި ސޮއި ކުރަނީ!
ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޫ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ސަރުކާރާއިއެކު މުހިންމު 5 އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަތީ އިއްޔެގެ ވަގުތެެއްގައެވެ. މި ދަތުރުފުޅާއި ބެހޭ ތަފްސީލްތައް ހާމަ ކޮށްދެއްވަމުން ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެރެޓަރީ ޝިއުނީން ރަޝީދު ވިދާޅުވީ، އެ ތުރުކީ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއިމެދު ބާއްވާ ރަސްމީ ވާހަކަތައް ފެށޭނީ މާދަމާގެ ވަގުތެއްގައި ކަމަށާއި، އެބައްދަލުވުމުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ. 

މާދަމާ ބޭއްވޭ ރަސްމީ ވާހަކަތަކަށްފަހު ތުރުކީ ސަރުކާރާއި ރާއްޖެއާއި ދެމެދު ބަދަލުކުރެވޭ ފަސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

މާދަމާ ސޮއިކުރާ 5 އެއްބަސްވުން

  1. ވިޔަފާރީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ އެއްބަސްވުމެއް
  2. ސަގާފަތާއި ތަރިކަ އިތުރަށް ހިމާޔަތްކޮށް އެދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް
  3. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުން
  4. ދަނޑުވެރިކަމުގެ ސިނާއަތުން ގުޅުން ބަދަހިކުރުން
  5. ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި، ތުރުކީގެ ޑިޕްލޮމަސީ އެކަޑަމީއާއިއެކު ގުޅުން ބަދަހިކޮށް ފޮރިން ސާވިސް ގެޑާއެއް ގާއިމުކުރުމާއި ގުޅޭގޮތުން ވެވޭ އެއްބަސްވުމެއް

ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަތުރުފުޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. 

މިއީ ދިވެހިރާއްޖެއާއި ތުރުކީއާއި ސިޔާސީ ގުޅުން ގާއިމުކުރިފަހުން މިވީ 42 އަހަރުގެ ތެރޭގައި ރާއްޖޭގެ ފޮރިން މިނިސްޓަރެއް ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. 

މި ދަތުރުފުޅުގައި ތުރުކީގެ ފޮރިން މިނިސްޓަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް