ads
ފޮޓޯ ގޫގްލް
ގިފިލި ތެރެއިން ފެނުނީ މާ ކުއްޖެެއްގެ އަތެއް!
ދަރި ވައްޓާލުމަށް ފަހު އިނާޒާ މިއަދު ދުނިޔޭގައި އުފަލުގައި އުޅޭތަން ބަޔަކަށް ފެނުނަސް އޭނާ އަދި ވެސް ދަނީ ބިރުވެރިކަން ތަހައްމަލް ކުރުމުންނެވެ.

އިނާޒާ މިއަދު އެވާހަކަ ތައް ދައްކަން ބޭނުން ނުވިޔަސް އެ ހަގީގަތް އެނގޭ އެތައް ބަޔަކު މިއަދު ތިބި އިރު އެ ވާހަކަތައް ދައްކާނެ އެވެ. އިނާޒާ އެވާހަކަތައް ފޮރުވިޔަސް އެ ހަގީގަތަކީ ފޮރުވޭނެ އެއްޗެއް ނޫނެވެ. އެ ހާދިސާ ގާތުން ދެއްކި އިނާޒާ އަށް އައި ބަދަލުގެ ވާހަކަ "ސީއެންއެމް" އަށް ކިޔައިދިނީ އިނާޒާގެ ތިމާގެ ދައްތަކެވެ. 

އޭނާ ބުނާގޮތުން އިނާޒާގެ އުމުރުން އެންމެ ތިން އަހަރުގައި އޭނާގެ މަންމަ އާއި ބައްޕަ މަރުވެ އޭނާ ބަލާ ބޮޑުކޮށް ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހުނީ އޭނާގެ ބޮޑުބޭބެ ޝައުގީ އަށެވެ. ނަމަވެސް ޝައުގީ އަމިއްލަ ދަރިއަކު ނެތުމުން އިނާޒާ ބަލާ ބޮޑުކުރީ ކިތަންމެހާ ވެސް ލޯބިން ޝައުގީ އާއި އައިސާ ކަމަށް އެ ފާތުމަ ދައްތަ ބުންޏެވެ. 

އިނާޒާ ބޮޑުވަމުން އައިވަރަކަށް އޭނާއަށް ދިން އަޅާލުމާއި ލޯބިވެސް ބޮޑެެވެ. އޭނާއަށް މަތީ ތައުލީމް ހޯދުމަށް އޭނާ މާލެ ފޮނުވީ އަމިއްލަ ދަރިއެއް ނޫނަސް އުއްމީދު ތަކާއި ހުވަފެން ތަކެއް ދެކިގެން ކަމަށާއި، އޭނާ އުޅުމަށް ބަދަލު އަންނަން ފެށީ އެހާ ހިސާބުން ކަމަށް ފާތުމަ ބުންޏެވެ. ނަމަވެސް ފުރާވަރަށް އަރާ ކޮންމެ ކުއްޖަކަށް ވެސް އެފަދައިން ފިރިހެން ކުދިންނާއި ވާހަކަ ދައްކާނެ ކަން އެނގުނަސް އަޅާ ނުލީ އިނާޒާ ވެސް ހަމައެފަދިން ކުދިންނާއި ވާހަކަ ދައްކަނީ ކަމަށް ހީކޮށްގެން ކަމަށް ފާތުމަ ބުންޏެވެ.

ދުވަސްތައް ފާއިތުވެ ކިޔަވުން ނިންމުމަށް ފަހު އިނާޒާ ރަށަށް އައެވެ. މަތީ ވަނަތަކެއް އޭނާއަށް ނުލިބުނު ކަމަުގައި ވިޔަސް ރަނގަޅު ފާހަކުން އޭނާ ފާސްވިކަމަށް ފާތުމަ ބުންޏެވެ. ރަށުން ދިޔަ އިރު އިނާޒާ އަކީ ހިކި ކުއްޖެކެވެ. ނަމަވެސް އޭނާ ރަށަށް އައިއިރު ގައިގަ މަސްޖަހާ ކުލަރީއްޗެވެ.

އެކަމާ ޝައުގީ އާއި އޭނާގެ އަންހެނުން ތިބީ ވަރަށް އުފަލުން ކަމަށާއި. އިނާޒާ ރަށަށް އައިތާ ދެ ވަނަ އަށް އައި މަހު މާބޮޑަށް ބަލިވާން ފެށި ކަމަށް އައިސާ ބުނި ކަމަށާއި، ފުރަތަމަ އެމީހުން ހީކުރީ ރަށުގައި އޮތް ބޭރަށް ހިންގުމުގެ ރޯގާ އިނާޒާ އަށް ޖެހުނީ ކަމަށެވެ. ނަމަވެސް އިނާޒާ ޑޮކްޓަރަށް ދައްކަން ދިޔައީ އިންކާރު ކުަރަމުންނެވެ. 

އެއް ރޭ ދަންވަރު އައިސާ މާ ބޮޑަށް ބޮޑު ކަމުދާން ޖެހުނެވެ. ހޭލައިގެން ގިފިއްޔަށް ވަންނަން އައިސާ ދިޔައިރު، ގިފިލި ތެރެއިން އަންހެނަކު ކުކުރަމުން ދިޔަ އަޑު އިވުނު ކަމަށާއި، ހަމަ އެއަޑާ އެކު، ކުޑަކުއްޖަކު ރޮއެގެން އަޑުވެސް އިވުނު ކަމަށް އައިސާ ބުްނޏެވެ.

އައިސާ އެ އަޑު އިވުމާއެކު ދުވެފައި ގޭތެރެއަށް ވަނީ އެވެ. އެއީ ބިރުވެރިކަމެއްގެ އާލާމާތެއް ކަމަށް އައިސާ އަށް ހީކުރެވުނެވެ. ނިދާ ކޮޓަރިއަށް ވަދެ ފިރިމީހާ ޝައުގީ ކައިރީގައި އެވާހަކަ ބުނަން ވެސް ބޭނުން ނުވީ އައިސާ ގަނެފައި ހުރި ބިރެއްގެ ސަބަބުންނެވެ.

އެބިރުވެރި ކަމަުގައި އޮއްވާ އައިސާއަށް ނިދުނީ އެވެ. ހޭލެވުނީ ހެނދުނު ނުވައެއް ޖަހަން ކައިރި ވި ފަހުންނެވެ. އޭގެ ތިން ވަނަ އަށް ވީ ދުވަހުގެ އިރު އޮއްސި ހަތެއް ޖަހަން އުޅެނިކޮށް އައިސާ އަށް ކުޑަކުއްޖަކު ރޯއަޑު އިވުނެވެ. ގިފިލި ތެރެއިންނެވެ. 

"އައިސާ އަށް ބިރުން ދުއްވާއި ގަނެވުނު، ކަމަކު އިނާޒާ އެއްވެސް ބަހެއްް ނުބުނެ ބޭރު ޖޯލީގައި އިން. ދަރިފުޅާ އާދޭ ބުނި. އެކަމަކު އިނާޒާ ހިތަކަށް އެއްވެސް އެއްޗެއް ނާރާ. އާދޭސް ކުރުމުން އެތައް ވަރަކުން އިނާޒާ އެތެރެ އަށް ވަން،" ފާތުމަ އައިސާ އަށް ދިމާވި ކަންތައް ކިޔައިދެމުން ބުންޏެވެ.  

އޭގެ ފަހުން އައިސާ އަށް އެކަހަލަ އަޑެއް ނީވޭ ކަމަށާއި، ނަމަވެސް ކޮންމެ ރެއަކު އިރުއޮއްސި ހަތެއް ޖަހާއިރު އިނާޒާ ގިފިއްޔަށް ވަންނާތީ ޝައްކެއް އުފެދިގެން އައިސާ ބެލިކަމަށް ފާތުމަ ބުންޏެވެ.

ކޮންމެ ރެ އަކު އިނާޒާ ވަދެ ކުރާ ކަމެއް ބަލަން އައިސާ ފާރަލާން ފެށި އެވެ. ގިފިލި ވަށާ ޖަހާފައި ހުންނަ ފަންގަނޑުން ތެރެ ހާވާ އައިސާ ބަލަން ފެށި އެެވެ. އެގޮތަށް ފަސް ރޭ ވަންދެން އައިސާ ބެލި އެވެ. ކޮންމެ ރެއަކު ވެސް އިނާޒާ ގިފިލި ވަޅު ކައިރީގައި އިށީދެ އިދެ ބިންމަތީގައި އަތް ކޭއްތުމަށް ފަހު ތެދުވެ އެތެރެއަށް ވަދެއެވެ.

ޖެހިގެން އައި ދުވަހު ހެދުނު ގިފިލި ތެރެއަށް ވަދެ އައިސާ ބެލި އެވެ. އަދި ހޭވިފައި ހުރި ފަސްގަނޑު ކޮނުނެވެ. ފުރަތަމަ ވެސް ފެނުނީ މާ ކުއްޖެއްގެ އަތެކެވެ. ބިރުން ހަދާނެ ގޮތެއް ކުރާނެ ކަމެއް ނޭނގި އައިސާ އަށް ދުއްވައިގަނެވުނު ކަމަށް ފާތުމަ ބުންޏެވެ. ކޮންމެ ރެއަކު ދެ ނަމާދު ދޭތެރޭ ގިފިލިން ކުޑަ ކުއްޖަކު ރޯ އަޑު އިވޭކަމަށާއި އެކަމާ ބިރުން އެގޭގައި ނޫޅެވިގެން އެހެން ގެއަކަށް އައިސާ އާއިލާ ބަދަލުވި އެވެ.

އައިސާއަށް ހުރިހާ ކަމެއް އޭރު އެނގުނަސް އައިސާ ދިޔައީ ސިއްރު ކުރަމުންނެވެ. ގަނެފައި ފައި ހުރި ބިރުންނާއި ޝަައުގީ އަށް އެނގިއްޖެ ނަމަ އިނާޒާ އަށް ހަދާނެ ގޮތެއް ހިތަށް އަރާފައެވެ. އެހެން ގެއަކަށް ބަދަލުވިތާ ތިން ވަނަ ރެ އެވެ. އިނާޒާ ނިދާ އެނދުން ތެދުވި ކަމަށާއި ފުއްމާއިގެން ތެދުވެ ކުޑަ ކުއްޖަކު ގޭތެރެއިން ފެންނަށް ކަމަށް ބުންޏެވެ. ނަމަވެސް ހެނދުނު ތެދުވެ، އެކަން އޭނާ ސިއްރު ކުރި އެވެ.

ނަމަވެސް އައިސާ ހުރި އިނާޒާ އަށް ވަމުންދާ ގޮތް ބަލާށެވެ. ކޮންމެ ރެއަކު އެ ބިރުވެރި ކަމެއްގައި އިނާޒާ އަށް ހަމަ ނިންޖެއް ނުލިބެ އެވެ. ނިދީގައި އެ ބިރުވެރި ހާދިސާ އޭނާ އަށް ފެނެވެ. ނިދީގައި އެކުއްޖާ އާ ވާހަކަ ވެސް ދައްކައެވެ. އިނާޒާ ހޭލާ ވެސް އުޅެނީ ހަމަ އެ ހާލެއްގައެވެ. އެ ރޭގެ ފަހުން އިނާޒާ ތަހައްމަލް ކުރަމުން ދަނީ ކުރި ކުށުގެ ޖަޒާއެވެ.

ފާތަމަ ބުނީ އިނާޒާގެ އެ ކުށުގެ މައުލޫމާތު ޝައުގީއަށް އެނގުނު އިރު އިނާޒާ ހުރީ ބަލި މީހަކަށްވެފައި ކަމަށެވެ. އެހެންވެ މުސްކުޅިވި ދުވަހު ޝައުގީގެ ދެ މަފިރިންނަށް ޖެހުނީ ދުނިޔޭގެ ލަދާ އެކު އިނާޒާ ބަލާށެވެ.

ބޮޑެތި ފާފަތަކަށް އަރާ މީހުން އެކަންތައް ކުރަނީ ދުނިޔެ މަތިން އެކަންތައް ސިއްރު ކުރެވޭނެ ކަމަށް ހީކޮށްގެންނެވެ. ކިތަންމެ ސިއްރުން ކުރިއަސް އެކަންތައްތައް ދުނިޔެ މަތިން ބޭޒާރުވެ ފަޝީހަތްވެގެން ދާނެއެވެ.

އެޑިޓަރުގެ ނޯޓް:

މި އާޓިކަލްގައި މިވަނީ ރާއްޖޭގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ. 

20%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް