ads
ޝާހު އާއި ނޫރް
ޝާހުގެ އާއިލީ މީހެއް ކަމަށްވާ ނޫރް މަރުވެއްޖެ
ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ޝާހުރުކް ހާންގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ ނޫރް ޖޫހާން މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ނޫރް މަރުވެފައިވަނީ އަނގައިގެ ކެންސަރު ޖެހުމުގެ ސަބަބުންނެވެ. 

ޕާކިސްތާނުގައި ދިރިއުޅެމުން އަންނަ ނޫރު މަރުވީ އިއްޔެގެ ވަގުތެއްގަ އެވެ.

ނޫރުގެ ފިރިމީހާ އާސިފް ބުރްހާން ބުނާ ގޮތުގައި ޝާހުގެ ބައްޕަ އާއި ނޫރުގެ ބައްޕަ އަކީ އެއްބަނޑު އެއްބަފާ ދެމީހުންނެވެ. އެގޮތުން ބައެއް މުހިއްމު ހަފްލާތަކާ ގުޅިގެން ޝާހު އާއި ނޫރް ގުޅައިގެން ވާހަކަ ދައްކާ ކަމަށާއި ނޫރް އިންޑިއާއަށް ގޮސް އޭނާއާ ބައްދަލުކޮށްފައިވާ ކަމަށްވެސް ނޫރުގެ ފިރިމީހާ އާސިފް ބުނެ އެވެ.

މިހާރު ގިނަ ބަޔަކު ތިބީ ޝާހު އޭނާގެ ކުރިއަށް އޮތް ފިލްމު އިއުލާނު ކުރާނެ އިރެއްގެ އިންތިޒާރުގަ އެވެ. 

ޝާހުގެ އުފަން ދުވަހު އޭނާ ވަނީ މިއަހަރު ފިލްމަކުން ފެނިގެން ދާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދީފަ އެވެ. ނަމަވެސް އެއީ ކޮން ފިލްމަކުން ކަމެއް ބުނެފައެއް ނުވެ އެވެ.



ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ "ޒީރޯ" އިންނެވެ. އެ ފިލްމުގައި ޝާހު ފެނިގެން ދިޔައީ ކުރު މީހެއް (ޑުވޯފް) އެއްގެ ރޯލުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް