ads
އަންހެނުންގެ ކޮމިޓީ ހޮވުމަށް ވޯޓުލުމުގެ ހައްގު ދެޖިންސަށް ވެސް އޮންނާނެ: އަކްރަމް
އަންހެނުންގެ ކޮމިޓީ ހޮވުމަށް ވޯޓު ލުމުގެ ހައްގު ދެ ޖިންސުގެ މީހުންނަށްވެސް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ އަންހެނުން ކޮމިޓީއަށް މެންބަރުން ހޮވާއިރު ވޯޓްލެވޭނީ ހަމައެކަނި އަންހެނުންނަށްތޯ ސާފުކުރުމަށް ބައެއް އާންމުކުރަމުންދާ ސުވާލުތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

އަކްރަމް ވިދާޅުވީ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލެވޭނީ އެ ރަށެއް ނުވަތަ އެ ސިޓީއަކަށް ނިސްބަތްވާ އަންހެން ބޭފުޅުންނަށް ކަމަށެވެ. 

އެހެން ނަމަވެސް އަންހެނުންގެ ކޮމިޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ފަރާތްތަކަށް ލިބިގެންވާ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާ އެކު އެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ޖުމްލަ 929 މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ. އެއީ ރަށްތަކުގެ ކޮމިޓީތަކަށް 895 މެންބަރުންނާއި ސިޓީ ތަކުގެ ކޮމިޓީތަކަށް 34 މެންބަރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް