ads
ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން؛ ފޮޓޯ/ އެމްޓީސީސީ
ފެންހިންދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ފޮނަދޫގައި ފަށައިފި
ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއު ދެވަނަ ފިޔަވަހި ގެ ދަށުން، އެ ރަށުގައި ފެންހިންދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ގާތްގަނޑަކަށް 53.9 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން، އެ ރަށުގައި 27،179 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމު ކުރުމާއި، 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމު ކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

ނަމަވެސް ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިގެން ކުރިއަށް ދިޔަނަމަވެސް އަދިވެސް ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިންމާ ނުލެވޭ ކަމަށް ވިޔަސް، ބޮޑު ބައެއް ނިންމާ ދެވަނަ ފިޔަވަހީގެ މަސައްކަތާއެކު އެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފޮނަދޫ ކައުންސިލް ރައީސް އަހުމަދު ރިޔާޒު ވިދާޅުވިއެވެ.

ފުރަތަމަ ފިޔަވަހީގަ ވެސް ލައިޓް ޖެހުމާއި، ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި، ބަނދަރާއެކު ނުވަވަރަކަށް މަގު ހެދިފައިވާ ރިޔާޒު ވިދާޅުވިއެވެ. 

މީގެ 42 އަހަރު ކުރިން 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައި ކަމަށާއި، ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ ކަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް