ads
ކޮރޯނާ ވައިރަސް-- ފޮޓޯ: އޭޕީ
ކޮރޯނާ ވައިރަސް ޑުބާއީއާ ހަމައަށް ފޯރައިފި
ޗައިނާއިން އަލަށް ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަސް ޑުބާއީއާ ހަމައަށް ފޯރައިފި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ވައިރަސް ފެނުނީ ވޫހާން ސިޓީން ޔޫއޭއީއަށް އައި އާއިލާއެއްގެ މީހުންގެ ތެރެއިން ކަމަށެވެ. 

ހަށިގަނޑު ވައިރަސް ފެނުނު މީހުންގެ ހާލު ރަނގަޅު ކަމަށާއި، އެމީހުން މިވަގުތު ތިބީ އޮބްޒަވޭޝަނުގައި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. 

ޑުބާއީގެ އެއާޕޯޓު ހިމެނޭ ގޮތަށް ގަލްފު ސަރަހައްދުގެ އެއާޕޯޓުތަކުން ވެސް ދަނީ ޗައިނާއިން އެތެރެވާ މީހުން ވަކިވަކިން ސްކްރީން ކުރަމުންނެވެ.

މިދިޔަ އަހަރު އެކަނިވެސް ޑުބާއީ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް 3.6 މިލިއަން ޗައިނާ މީހުން ދަތުރު ކުރި އެވެ. ޔޫއޭއީގެ ދެވަނަ އެއާޕޯޓު، އަބޫ ދާބީ އިންޓަނޭޝަނަލް އެއާޕޯޓަކީ ވެސް ބައިނަލްއަގްވާމީ ދަތުރުގެ މައި މަރުކަޒެކެވެ.

އެހެންކަމުން ޕަސަންޖަރުން ސްކްރީން ކުރުމުގެ ކަންކަން މި ދެ އެއާޕޯޓުގައި ކުރިއަށް ގެންދަނީ ވަރަށް ވަރުގަދަކޮށެވެ. ޔޫއޭއީއާ ހަމައަށް ވައިރަސް ފޯރާފައި ވާއިރު، މިއީ މެދުއިރުމަތީގެ ގައުމަކަށް މި ވައިރަސް ފޯރި ފުރަތަމަ ފަހަރެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު، މި ވައިރަސް 15 ގައުމަކާ ހަމައަށް ވަނީ ފޯރާފަ އެވެ. އަދި ގާތްގަނޑަކަށް 6،000 މީހުންނަށް ވައިރަހުގެ އަސަރު ކޮށްފައި ވާއިރު، 132 މީހުން ވަނީ މިއަދާ ހަމައަށް މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް