ads
ޕޮޓީ/ގޫގްލް
ހިމާޔަތްދީގެން ގެންގުޅެވުނީ ވަގެއް، ހިތި ރަހަ އަދިވެސް ނުފިލާ!
ޝަރާގެ ޅައުމުރުގައި ޖަލުގެ ތޭރި ތަކުގެ ނިވަލުގައި، ކަސްތޮޅު އެޅިފައި އޮތީ އޭނާގެ ކުށުން ނޫން ކަމުގައި އޭނާ ބުނި ކަމުގައި ވިޔަސް މިއަދު ދުނިޔެ ގަބޫލު ކުރަނީ ކުށްވެރިއަކީ ހަމަ ޝަރާ ކަމުގައެވެ.

ޝަރާ ސުކޫލު ދައުރު ނިމި ޝަރާ ގޭގައި އިންނަން ޖެހުމުން  ފޫހިވާތީ ޝަރާގެ ބައްޕަ ރާއްޖެ ތެރޭ ރަށަކަށް ދުވަސް ކޮޅަކަށް އޭނާ ފޮނުވީ ރަނގަޅު ވަޒީފާއެއް ލިބެން ދެނެވެ. 

ޝަރާ އަކީ ކިޔަވުމަށް މޮޅު ކުއްޖަކަށް ވާތީ ޝަރާ ބައްޕަ އޭނާ ބެހެއްޓި ގޭގެ މީހުން ބޭނުންވީ ޝަރާ ލައްވާ ޓިއުޝަން ކުލާހެއް އެ ރަށުގައި ފަށާށެވެ.

އެގޮތުން މާގިނަ ދުވަހެއްނުވެ، ޓިއުޝަން ދޭން ޝަރާ ފެށި އެވެ. ބެލެނެވެރިންގެ ސަމާލުކަން ލިބި ޝަރާގެ ކުލާސް ކުރިއަށް ދިޔައީ ޝަރާ ހުންނަ ގޭގެ މީހުން ހިތަށް ވެސް އެރިގޮތަކަށް ނޫނެވެ. އެއަށްވުރެ މާ ފުރިހަމަ ކޮށެވެ. 

ޝަރާގެ ކިޔަވައިދިނުން ރަނގަޅު ކަން ފާހަގަވެ، އެ ރަށު ސުކޫލުން ޝަރާ ސުކޫލަށް ބަދަލުވުމަށް ދައުވަތު ދިނެވެ. ނަމަވެސް ޝަރާ އެކަމަށް އެހާ ގަޔަކާ ނުވި އެވެ.

މި ހުރިހާ ވާހަކައެއް "ސީއެންއެމް" އަށް ކިޔައިދެމުން ޝަރާގެ ޓިއުޝަން ކުލާހުގެ ބެލެނެވެރިއެއް ކަމަށްވާ ފާތުމަތު މައިމޫނާ ބުނީ ޝަރާ އަކީ ކިތަންމެހާ ވެސް ރަނގަޅު ކުއްޖެއް ކަމަށެވެ. ނަމަވެސް އެކުއްޖާގެ ހާލަތު ބަދަލުވީ ގަބޫލު ކުރަން ވެސް ދަތި ގޮތަކަށް ކަމަށެވެ. ބަޔަކު ޝަރާ އަކީ ގޯސް މީހެއްގެ ގޮތުގައި ދެކުނަސް އޭރު އެއީ އެއްވެސް ކުށެއް ނެތް ކުއްޖެއްކަން އަހަންނަށް ޔަގީންވީ އޭނާގެ އުޅުން ރަނގަޅު ކަން ފާހަގަ ކުރެވިގެން ކަމަށް މައިމޫނާ ބުންޏެވެ. 

"ސުކޫލުން ޝަރާ ބޭނުން ވެގެން އުޅޭތީ ވަރަށް ގިނަ ފަހަރު ޕްރިންސިޕަލް އޭނާ އާ ބައްދަލު ކުރި، އެކަމާ ޝަރާ ދިރިއުޅުނު ގޭ މީހުން ހިތްހަމައެއް ނުޖެހުނު. އެކަން ޝަރާ އަށް އެނގިގެން އަހަންނަށް އެ ވާހަކަތައް އޭނާ ކިޔައިދިން،" މައިމޫނާ ބުންޏެވެ.

އެއް ރޭ ޝަރާ ނިދާފައި އޮއްވާ ކޮޓަރީގައި މީހަކު އުޅޭ ކަމުގެ އިހުސާސް ކުރެވުނު ނަމަވެސް އަޅާނުލާ އޭނާ ނިދީ ކަމަށާއި، ޝަރާ ބުނީ އެ ރޭ އެ ކޮޓްރިއަށް ވަން މީހަކު، އަލަމާރި ތެރޭގައި ހުރި ބައެއް ގަހަނާ ތަކާއި ސާމާނު ވަގަށް ގެންދިޔަ ކަމަށެވެ. 

ހެދުނު ހޭލައިގެން ގޭ ވެރިންނަށް އެކަން އެނގިގެން އެ ކަން އެޅުވީ ޝަރާގެ ބޮލުގަކަމަށާއި، އެ ގެއިން ނުކުމެގެން އަހަރެންގެ ގެއަށް އައުމަށް ޝަރާއަށް ދައުވަތު މައިމޫނާ ދިނެވެ.

ޝަރާ ހަމަ އެދުވަހު ގެއަށް މައިމޫނާމެންގެ ގެއަށް ބަދަލުވި ނަމަވެސް މައިމޫނާ ބުނީ އޭރު ހާލަތު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އެގޭ މީހުން ޝަރާ ބައްޕަ އަށް ގުޅައިގެން، ބައްޕަގެ އެހީ ވެސް ޝަރާ އަށް ކަނޑާލި ކަމަށެވެ. ނަމަވެސް މައިމޫނާ ޝަރާ އާ ހަވާލުވި އެވެ. ބަޔަކު ކޮންމެ ގޮތަކަށް ދެކުނަސް ޝަރާ އާ މައިމޫނާ ހަވާލުވިއެވެ. 

ކޮންމެ ގޮތެއްވިޔަސް ޝަރާގެ ބޮލުގައި އެޅިފައިވާ ވައްކަމުގެ ތުހުމަތާއެކު، މުޅިރަށަށް ޝަރާ ބޭޒާރު ވެގެން ދިޔައެވެ. ނަމަވެސް މައިމޫނާ ބުނީ ޝަރާ އަކީ އެކަހަލަ ކުއްޖެއް ނޫންކަން އޭރު ވިސްނިފައި އޮތީ ކަމަށެވެ. 

މައިމޫނާ ޝަރާ ބަލާތާ ތިންވަނަ އަށް ވީ މަހު ވެސް ޝަރާގެ ފުށުން އެއްވެސް ގޯސް ކަމެއް ނުފެންނަ ކަމަށް މައިމޫނާ ބުންޏެވެ.

އެ ގޮތުގައި އުޅެމުން ދަނިކޮށް އެއް ރޭ މައިމޫނާ އަށް ހޭލެވުނީ ދަންވަރު ދޭއް ޖަހަން އުޅެނިކޮށް، މާބޮޑަށް ހޫނު ވާތީ އެވެ. ފާހާނާ އަށް ވަދެފައި ސިޓިންރޫމަށް ނުކުތީ ކޮފީ އެއް ބޯލުމަށެވެ. 

ޝަރާ ނިދާ އެތެރެގޭ ތެރެއިން މީހަކު ވާހަކަ ދައްކާ އަޑު އިވުނުހެން ހީވީ ކަމަށް މައިމޫނާ ބުންޏެވެ. ނަމަވެސް އެ އަޑު ދެ ވަނަ ފަހަރު އައުމުން ކޮން އަޑެއް ތޯ މައިމޫނާ ބެލިކަމަށް އޭނާ ބުންޏެވެ. 

ޝަރާ މަސައްކަތް ކުރަމުން ދިޔައީ މައިމޫނާ ބަހައްޓާފައި ހުރި އަގުބޮޑު ތަކެތި ނަގައިގެން ދިއުމަށެވެ. އޭނާގެ ރަހުމަތްތެެރި ހަމަ އެ ރަށު ސައުދިއްޔާގެ، އަލީ އާ ދެ މީހުންނެވެ. 

މައިމޫނާ ޝަރާގެ ރޭވުން އަޑުއަހަން ހުރުމަށް ފަހު، ބޭރަށް ނުކުމެ ވަގުތުން ފުލުހުންނަށް ގުޅި އެވެ. އަދި އެމީހުންގެ ރޭވުން ކާމިޔާބު ނުވަނީސް ފުލުހުން އެތަނަށް އަ އެވެ. 

ޝަރާ ހައްޔަރު ކުރި އެވެ. ވަގަށް ނަގާފައި ހުރި ގިނަ އަދަދެއްގެ ތަކެއްޗާއި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކީގައެވެ. ކަން ދިމާވީ މުޅިން ތަފާތު ގޮތަކަށެވެ. ޝަރާ އެކު މައިމޫނާ ވެސް ހައްޔަރަށް ދާން ޖެހުނެވެ. ޝަރާ ނިދާ ކޮޓަރިން ފެނުނު އެއްޗެހި މައިމޫނާ ގެ ކޮޓަރިން ވެސް ފެނިގެން ނެވެ. 

މިއަދު މައިމޫނާ އާއި ޝަރާ އާއި، އެއް ހަމައެކެވެ. ދުނިޔެ ގަބޫލު ކުރަނީ ކުށް ކުރާނީ ކުށްވެރިން ކަމުގަ އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ މައިމޫނާ ސަލާމަތް ވިއެވެ. ޝަރާ އަށް އޭނާގެ ކުށުގެ އަދަބު އެ ދަނީ ލިބެމުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް