ads
އަޑުބަރޭ އަދި ގާޒީ ހަސަން ސައީދު
ބޭނުންހާ ކުޅިވަރެއް ކުޅުމަށް ފަހު އަޑުބަރޭ ފިލައިފި
"ޖާމިނުވެ، ބޭނުންހާ ކުޅިވަރެއް ކުޅުމުގެ މިނިވަންކަން އޮވެގެން ބޭނުންހާ ކުޅިވަރެއް ކުޅުމަށް މިނިވަންކަމާއެކު އުޅެވިގެން ނުވާނެ" މިއީ، ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މަގާމުން ވަކިކުރެވުނު ކުރީގެ ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޖާމިނުވި ކުޅިވަރު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުން، ހައިކޯޓުގައި ހިނގި ޝަރީއަތެއްގައި ހައިކޯޓުގެ ފަނޑިޔާރެއްގެ ރައުޔެވެ.

މީގެ ހައެއްކަ މަސް ކުރިން އަސްހަދު އަލީއަށް ނިސްބަތްވާ ގޮތަށް، ހައިކޯޓުގެ ފަނޑިޔާރަކު ވިދާޅުވިހެން އަސްހަދު އަލީ ނުވަތަ އަޑުބަރޭ ހުރީ ބޭނުންހާ ކުޅިވަރެއް ކުޅެން ދޫކޮށްލާފައެވެ. އެތައް ބައެއްގެ ނުރުހުން އޮތް ނަމަވެސް ގައުމީ ފުޓްބޯޅަ ޓީމުގައިވެސް ހިމެނުނެވެ. ސާފު ޗެމްޕިއަންޝިޕާ އަދި ފަހުން ލަންކާގައި އޮތް މުބާރާތެއްގައިވެސް އަޑުބަރޭ ވެފައިވަނީ ދިވެހިންނަށް ހުރި ހުތުރަކަށެވެ.

އެންމެ ފަހުން ބޭނުންހާ ކުޅިވަރެއް ކުޅުމަށް ފަހު އަޑުބަރޭ ފިލީއެވެ. ކޯޓު ހުރުމަތް ކަނޑައިގެން ފަނަރަ ދުވަހަށް ޖަލަށްލާން މިއަދު ހުކުމް ކުރިއިރުވެސް އަޑުބަރޭ ރާއްޖޭގައި ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

އެކަމަކު އަޑުބަރޭ ފިލީތޯ ނުވަތަ ފުރުވާލީތޯ މިއީ ސުވާލެކެވެ. ކޮންމެ ގޮތެއްވިޔަސް ކޮވިޑުގެ މި ހާލަތުގައި ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަމާ ހުރެ، އަޑުބަރޭއަށް ރާއްޖޭން ބޭރަށް ފުރޭއިރު ޔަގީނުންވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެނގޭނެއެވެ. އަލީ ވަހީދު ފުރައިގެން ދިޔަ ގޮތާއި ދާދި އެއް ގޮތް ކަންތައްތަކެއް މިކަމުގައި ހުރިކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

މިދޔަ ހަފުތާއާ ހަމައަށްވެސް އަޑުބަރޭ އުޅުނީ ބޭނުންހާ ކުޅިވަރެއް ކުޅުމުގައެވެ. ކުޅިވަރު ވަޒީރު މަހްލޫފާއެކު މުޅި ރާއްޖޭގައި ބުރު ޖެހިއެވެ. ރަސްމީ ދަތުރުތަކުގައެވެ. ސަރުކާރުގެ ހަރަދުގައެވެ. އޭރުވެސް ކޯޓުގައި މައްސަލަތައް ކުރިއަށް ދިޔައެވެ. ކޯޓުގައި ކަނޑައެޅިގެން ދޮގުވެސް ހެދިއެވެ. އެކަމަކު މިއިން އެއްވެސް ކަމަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅި ކުއްލިއަކަށް ކޯޓު ހުރުމަތް ކެނޑީކަމަށް ބުނެ ފަނަރަ ދުވަހަށް ޖަލަށްލީއިރު އެ ހުކުމް ކުރި ގާޒީއަކީ ސުލޫކީ މައްސަލަތަކެއްގައި މަގާމުން ވަކިކުރަންވެސް ނިންމާފައިވާ ގާޒީއެކެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ކަމަކަށް ނުވެ، އަޑުބަރޭ ފިލުމުން އެންމެ ފަހުން މީގައި ހުރިހާ ދެރައެއް މި ލިބުނީ އިންސާފު ހޯދަން ރައީސް އަރިހަށް ދިޔަ ޓުވަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންނަށެވެ. އަލީ ވަހީދެއް މާލެއެއް ނުގެނެވުނެވެ. އަލީ ވަހީދަށް ޖާމިނުވީ އަޑުބަރޭވެސް އެންމެ ފަހުން ފިލީއެވެ.

65%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް