ads
ރައީސް ސޯލިހް އަދި ރައީސް ޔާމީން
ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 447 މިލިއަން ޑޮލަރު ދެއްކިއްޖެ: ރައީސް
ކުރީގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 447 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 6.8 ބިލިއަން ރުފިޔާ) ދެއްކިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މިއަދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އިގްތިސާދަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދަރަނިތަކެއް ވޭތުވެދިޔަ އަހަރު ދަރަނިތަކެއް އަދާ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީނގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ 447 މިލިއަނުގެ އިތުރުން ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ދަރަންޏެއް ވެސް ދައްކާ ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ 2019 ވަނަ އަހަރުގެ ޖުލައި މަހު ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮަލަރު (ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ) ކަމަށެވެ. އަދި އެފައިސާ ދައްކާނިންމާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ކަމަށް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ 2021 ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގައި 791.2 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 12.2 ބިލިއަން ރުފިޔާ) ހުރިަކަމަށެވެ.

ބޭރު ފައިސާގެ ތާށިކަން ހައްލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރައްވަމުން އަންނަމަށް ވެސް އެމަނިކުފާނު މިއަދު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަން ފަށާނެކަމަށް ވިދާޅުވި އެވެ. އަދި ބޭރު ފައިސާގެ ބާޒާރުގެ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތެއް ހިނގަނީ ލޯނުތަކާ އެކުކަމަށެވެ. އަދި އެގޮތުން ހޯދަން ޖެހޭ އެއްޗެއް ހޯދުމާއި އަދާކުރަންޖެހޭ އެއްޗެއް އަދާކުރުމުގައި އިގްތިސާދީ ދުޅަހެޔޮ ސިޔާސަތެއްގައި ދެމި ތިބިވޭނެ ކަމުގެ އިތުބާރު ސަރުކާރަށް އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް