ads
މުހައްމަދު ޝިފާން / ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ހުރަވީ ދުވަހުގެ ޖަލްސާގައި ޝިފާން ދެއްކެވި ވާހަަކަފުޅަށް ތައުރީފް އޮހެނީ
ހުރަވީ ދުވަހުގެ ހާއްސަ ޖަލްސާ ރޭ ތާޖުއްދީން ސްކޫލްގައި ބާއްވާފައިވާއިރު އެ ޖަލްސާގައި "ދޮން ބަންޑާރައިންގެ ގައުމީ ޖިހާދާއި ގުޅޭ ގޮތުން" މުހައްމަދު ޝިފާން ދެއްކެވި ވާހަކަފުޅު ވަނީ ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ. އެހެންކަމުން ޝިފާން ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު ގެންދަނީ ތައުރީފް ކުރަމުންނެވެ.

ތާރީޚީ ފުރިހަމަ ދިރާސާތަކާއެކު ޝިފާން ދެއްކެވި ވާހަކަފުޅުގައި ދޮންބަންޑާރައިންގެ ގައުމީ ޖިހާދަށް ވަރަށް ފުރިހަމައަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ހުރަވީ ދުވަހާއި ބެހޭ ގޮތުން ބޭފުޅަކު ދެއްވި އެންމެ ފުރިހަމަ ތަގުރީރުގެ ގޮތުގައި ގިނަ ބަޔަކު މި ތަގުރީރު ވަނީ ފާހަގަކޮށްފަ އެވެ. މީގެތެރޭގައި ދިވެހި ބަހުގެ ތާރީޚް ދިރާސާކުރައްވާ ބޭފުުޅުން ވެސް ހިމެނެ އެވެ.

your imageޝިފާން ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން މިދިޔަ އަހަރު އާއްމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ޝިފާން ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއިރު ޝިފާންގެ އަޑާއި ރާގާއި ގެންގުޅުއްވި އުސޫލުތައް ފުރިހަމަކަން ވެސް އެތައް ބަޔަކު ވަނީ ފާހަގަކުރައްވާފަ އެވެ.

your image ޝިފާން ވަނީ އާއްމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ހާސިލްކުރައްވާފައި

މިޖަލްސާގެ ޝަރަފްވެރި މެހެމާން މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޝިފާންގެ ވާހަކަފުޅު ވަރަށް ފުރިހަމަ އިލްމީ ދިރާސާއެއް ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ޝިފާން ""ދޮން ބަންޑާރައިންގެ ގައުމީ ޖިހާދާއި ގުޅޭ ގޮތުން" ދެއްކެވި ވާހަކަފުޅަށް ހަތް ފަހަރު އިޝާރާތް ކުރައްވާފައިވެ އެވެ.

ޝިފާން ދެއްކެވި ވާހަކަފުޅުގައި އެންމެ ފާހަގަކޮށްލެވޭ ނުކުތާއަކީ އެ ވާހަކަފުޅުގައި ދޮންބަންޑާރައިންނާއި ގުޅޭ ގޮތުން ހިމަނާފައިވާ މައުލޫމާތުތަކާއި އިލްމީ ގޮތުން ހަވާލާދެއްވާފައިވާ ގޮތެވެ.

ވާހަކަދެއްކުންތެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ އަދި ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ގައުމީ ޔުނިވަސިޓީގެ ލެކްޗަރަރ އަންވަރު އިބްރާހިމް ރޭގެ ޖަލްސާގައި ޝިފާން ދެއްކެވި ވާހަކަފުޅަށް ސާބަސް ދެއްވަމުން ވިދާޅުވީ އޭނާގެ ވާހަކަފުޅުގައި ބޭނުންކުރައްވާފައިވާ އަދަބީ އުކުޅުތައް ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ.

 "ޝިފާންގެ މަސައްކަތަށް ހަމަ ސާބަސް. ސްޕީޗް ވަރަށް މޮޅު. ތައްޔާރުވުމާއި، ހުށަހެޅުންތެރިކަމާއި އަދި އަދަބީ އުކުޅުތައް ބޭނުންކޮށްފައިވާ ކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު" އަންވަރު ވިދާޅުވެފައިވެ އެވެ.

your image

ވާހަކަދެއްކުމުގެ ދާއިރާއިން 2011 ވަނަ އަހަރު އާއްމު ޚިދްމަތުގެ އިނާމް ހާސިލްކުރައްވާފައިވާ މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ޝިފާންގެ ރޭގެ ވާހަކަފުޅަކީ އެއްވެސް ބޭފުޅަކު ކޮޕީނުކޮށް، ދެއްވާފައިވާ "އޮރިޖިނަލް ސްޕީޗެއް" ކަމަށެވެ. އެއީ މުއްސަނދި ހަވާލާތަކާއެކު އަދި ހިމަނާފައިވާ ފަންނީ އުކުޅުތަކާ އެކު ގައުމިއްޔަތު ކައްކުވައިދިން ދިން "ތަގްރީރެއް" ކަމަށްވެސް ކާނަލް ވިދާޅުވެފައިވެ އެވެ. 

ޝިފާން ދެއްކެވި ވާހަކަފުޅުގައި ހުރަވީ ދުވަހާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް ދަރިވަރުންނަށް ލިބުނު ކަމަށް އިޝާރާތްކުރައްވަމުން އަހްމަދިއްޔާ ސްކޫލްގެ ދިވެހި މުދައްރިސް އަދި ކާމިޔާބު ވާހަކަދެއްކުންތެރިކަމުގެ ކޯޗް އަހްމަދު ޝަފީގް (ސައްޕޭ) ފޭސްބުކްގައި ވިދާޅުވެފައިވަނީ ޝިފާންގެ ވާހަކަފުޅު ދެއްކެވުން ޝައުގުވެރިކުރުވި ކަމަށެވެ.

your image

ވާހަކަދެއްކުމުގެ ދާއިރާއިން ރަންވަނަތައް ހާސިލްކުރައްވާ ގިނަ ދަރިވަރުން ތަމްރީންކުރައްވާފައިވާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) ވިދާޅުވީ ޝިފާން ރޭގެ ވާހަކަފުޅަކީ ދަރިވަރުންނާއި އާއްމުންނަށް ލާމަސީލު މިސާލެއް ކަމަށާއި، ޝިފާން އަކީ އުއްމީދީ ޒުވާނެއް ކަމަށެވެ.

"މިއީ ހުރަވީ ދުވަހުގެ ފުރިހަމަ ރިފަރެންސެއް" ސަލީމް ވިދާޅުވެފައިވެ އެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އެއްވަނަ ހާސިލްކުރައްވާފައިވާ އަދި ސީއެޗްސީގެ ދަރިވަރުން ތަމްރީންކުރެއްވުމުގައި ވެސް އިސްވެ އުޅުއްވާ މުދައްރިސް ނާހިދާ މުހައްމަދު، ޝިފާންގެ ވާހަަކަފުޅު ސިފަކުރައްވަމުން ވިދާޅުވީ ޝިފާން އަކީ މޮޅު ވާހަކަދެއްކުންތެރިއެއް ކަމަށެވެ.

"ޝިފާންތީ ވަރަށް ބެސްޓް ވާހަކަދެއްކުންތެރިއެއް. ސާބަސް ގައުމުގެ ދަރިޔާ" ނާހިދާ ވިދާޅުވެފައިވެ އެވެ.

ދަރިވަރުންނަށް ނަމޫނާ ދެއްކުމަށް ޝިފާންގެ ރޭގެ ވާހަކަފުޅު ބޭނުންކުރަން އެދިވަޑައިގަންނަވަމުން ޝަރަފުއްދީން ސްކޫލްގެ ލީޑިން ޓީޗަރު ސޮފްވާން ޝަފީގް ވިދާޅުވީ 1980 ވަނަ އަހަރުން ފެށިގެން ހުރަވީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެއްވެސް ބޭފުޅަކު ޝިފާން ދެއްކެވި ފަދަ މޮޅު ފުރިހަމަ ވާހަކަފުޅެއް މިހާތަނަށް ދައްކާފައު ނުވާ ކަމަށެވެ.

"އެއީ އަބަދުގެ މުތެއް. މައުލޫމާތުގެ ހާޒާނާއެއް. އަޅުގަނޑުމެންގެ ދަރިންގެ ނަމޫނާއަށް މި ތަގްރީރް ބޭނުންކުރައްވާ" ސްފޮވާން ވިދާޅުވެފައިވެ އެވެ.

ޝިފާންގެ ވާހަކަފުޅު އަޑުއަހަމުން ދިޔައިރު ވަގުތުތައް ދިޔަ ގޮތް ހާމަކުރަން ނޭނގޭ ކަމަށް އެމްއެންޔޫއެސްގެ ދަރިވަރުންގެ ޔޫނިއަންގެ ކުރީގެ ރައީސް އަލީ ރަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

މޮޅު ވާހަކަދެއްކުންތެރިޔާ އަދި ދަރިވަރުން ތަމްރީންކުރުމުގައި ރަންވަނަތަކެއް ހާސިލްކުރައްވާފައިވާ ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ގިނަ ލިޔުންތެރިންނާއި ވާހަކަދެއްކުންތެރިންގެ ކިބައިން ނުފެންނަ ވަރަށް ރީތި ސިފައެއް ޝިފާންގެ ވާހަކަފުޅުގައި ފާހަގަކުރެވުނު ކަމަށެވެ. އެކަމަކީ އެހެން މީހެއްގެ މަސައްކަތެއް ގެންނަވާނަމަ ހަވާލާދެއްވި ދެއްވުން ކަމަށާއި، އެކަން ދުށީ ވަރަށް އުފަލުން ކަމަށްވެސް އަޝްރަފް ވަނީ ވިދާޅުވެފަ އެވެ. 

your imageޝިފާން ވާހަަދެއްކުމުގެ މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ

ޝިފާން އަކީ 1994 ވަނަ އަހަރުން ފެށިގެން ވާހަކަދެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ނަމޫނާ ޒުވާނެކެވެ. ވާހަކަދެއްކުމުގެ ދާއިރާއިން ގިނަ ދަރިވަރުންތަކެއް ތަމްރީންކުރައްވާފައިވާ ޝިފާން ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި 2012 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަން ވެސް ކުރައްވަމުން ގެންދަވަ އެވެ.

87%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް