ads
ބަންގްލަދޭޝް ވޮލީ ޓީމު
އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ބަންގްލަދޭޝް ވޮލީ ޓީމު މާލެއަށް
ދިވެހި ގައުމީ ވޮލީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން، ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމު މާލެ އަތުވެއްޖެއެވެ.

ރާއްޖެއާ ބަންގްލަދޭޝްގެ ގައުމީ ޓީމާ ދެމެޗު އެކުވެރިކަމުގެ ތިން ވޮލީ މެޗު ކުޅުމަށްވަނީ ހަމަ ޖެހިފައެވެ. މެޗުތައް ފަށާނީ މާދަމާ ރޭ އެވެ. އެއަށް ފަހު ދެރޭން އެއްރޭ ކުޅޭ ގޮތަށް ހުކުރު ދުވަހުގެ ރެއާ ހަމައަށް ތިން މެޗު ކުޅުމަށްވަނި ހަމަ ޖެހިފައެވެ. މެޗުތައް ކުޅޭނީ ޒުވާނުންގެ މަރުކަޒުގައެވެ. އެޗްޕީގެ އުސޫލުތައް މި ވަގުތު އޮތް ގޮތުން މެޗުތައް ކުޅޭނީ އާއްމުކޮށް ހުޅުވާނުލައެވެ.

މާލޭގައި ދާދިފަހުންވަނީ ލަންކާގެ ގައުމީ ޓީމާ އެކުވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. ލަންކާއާ ދެކޮޅަށް ކުޅުނު ފަހުން އިންޑިޔާގެ ކްލަބެއްވެސް މާލެ އައިސް އެކުވެރިކަމުގެ މެޗުތަކެއް ދިވެހި ގައުމީ ޓީމާ ދެކޮޅަށްވަނީ ކުޅެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް