ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
ކޮރޯނާއާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސަރުކާރުން މަޖިލީހަށް ދެނީ
ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު މަޖިލީހަށް ހިއްސާކުރުމުގެ ފުރުސަތަކަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެޑްރެސްކުރައްވާ މިނިސްޓަރު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަމުގައި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއި އިތުރަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު މެމްބަރުންނަށް ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ. 

ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖެއިން މީހާތަނަށް އަޅާފައިވާ ރައްކާތެރިކުރުމުގެ މައިގަނޑު ފިޔަވަޅުތައް:

- ކޮރޯނާ ވައިރަސްގެ "ރިސްކް އެސެސްމަންޓް" ވަނީ ހަދާފައި، ރިސްކް އެސެސްމަންޓްގެ ނަތީއްޖާ ދައްކާގޮތުގައި ރާއްޖެއަށް މި ބަލީގެ "އައުޓްބްރޭކް" އެއް ފެނުމުގެ ފުރުސަތު ބޮޑު (ހައި ރިސްކް) ކަމަށް.
-  ހެލްތް އެމެޖެންސީ ކޮމިޓީ އަދި ހެލްތް އެމެޖެންސީ އޮޕަރޭޓިންގ ސެންޓަރ (ޓާސްކްފޯސް) އެކުލަވާލައި، މަޝްވަރާ ބައްދަލުވުން ކޮންމެ ދުވަހަކު ގަވާއިދުން ބޭއްވޭކަމަށް.

 - 22 ޖަނަވަރީ 2020 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތާރމަލް ސްކްރީނިންގ ސެޓަޕް ވަނީ ހެދިފައި (1 ކެމެރާ). އަދި، 26 ޖަނަވަރީގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ތާމަލް ކެމެރާ ވަނީ ހަރުކޮށްފައި، އަދި އެހެނިހެން "ޕޮއިންޓް އޮފް އެންޓްރީސް" ގައި ކެމެރާ ހަރުކުރުމަށް ބޭނުންވާ ކެމެރާ ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ އަދި އެސް.ޓީ.އޯ އާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން. 

- 12 އެނދުގެ ކޮރޯނާ ވައިރަސްއަށް ޙާއްސަ އައިސޮލޭޝަން ފެސިލިޓީއެއް މިހާރުވަނީ ހުޅުމާލޭގައި
ތައްޔާރުކުރެވިފައި.
- ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައިސޮލޭޝަން ފެސިލިޓީއެއް މިހާރު ވަނީ ޤާއިމްކުރެވިފައި.
- މި ބަލީގެ ސަބަބުން ޙާލަތު ސީރިއަސް ވާ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ޙާއްސަ 4 އެނދުގެ އައި.ސީ.ޔޫ ފެސިލިޓީއެއް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާފައި ވަނީ ޤާއިމްކޮށްފައި.
- މި ބައްޔަށް ޝައްކުކުރެވޭ މީހުން ޓްރާންސްފަރ ކުރުމަށްޓަކައި 3 އެމްބިއުލެންސް ވަނީ ޙާއްސަ ކުރެވިފައި ( 1 އެމްބިއުލެންސް އައި.ޖީ.އެމް.އެޗްގައި، 1 އެމްބިއުލެންސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަދި، 1 އެމްބިއުލެންސް ހުޅުމާލޭގައި). 

- 28 ޖަނަވަރީ 2020 ގައި ކޮރޯނާ ވައިރަސްއާ ގުޅޭ ކްލިނިކަލް ގައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާސްތައް ވަނީ ތައްޔާރުކުރެވިފައި.

- މިނިސްޓްރީ އޮފް ހެލްތްގެ ކަމާ ގުޅުންހުރި މުވައްޒަފުންނާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސްޓާފުންނާއި، އެއާޕޯޓާއި ގުޅުންހުރި އެޖެންސީތަކުގެ މުވައްޒަފުން ހިމެނޭގޮތަށް މިހާތަނަށް 4 ޓްރެއިނިންއެއް ވަނީ ހިންގިފައި.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް