ads
ހުޅުމާލޭ މަސްވެރިންގެ މައިޒާނ ްހުޅުވުން ފޮޓޯ އެޗްޑީސީ
ހުޅުމާލޭ މަސްވެރިންގެ މައިޒާން ހުޅުވައިފި
ހުޅުމާލެ ފިޝަރީޒް ހާބަރު ސަރަހައްދުގައި ތަރައްޤީ ކުރެވިފައިވާ މަސްވެރިންގެ މައިޒާން މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި މައިޒާން ހުޅުވުމުގެ ގޮތުން މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިތަން ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ. 

މި މައިޒާން ބިނާކުރުމުގެ މައިގަނޑު މަޤްސަދަކީ، ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރައްވާ ފަރާތްތަކަށް، ޚާއްސަކޮށް މަސްވެރި އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، ބޭނުންވާ ޒަރޫރީ ބޭނުންތައް ފަސޭހަގޮތެއްގައި ލިބޭނެގޮތް ހަމަޖައްސައިދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.

your imageހުޅުމާލެ މަސްވެރިންގެ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިގޮތުން މިތަނަށް އަންނަ ދޯނިފަހަރުގެ މަސްވެރިންނާއި ފަޅުވެރިންނަށް މި ސަރަހައްދުގައިވާ މައިޒާނުގައި އިށީނދެތިބެ ވާހަކަދައްކާލާ ހިޔާލު ބަދަލު ކޮށްލެވޭ ގޮތަށް ޖޯލި އަދި ގޮނޑި، މޭޒު ވަނީ ޖަހާފައެވެ. އަދި މިތަނުގައި ޤާއިމްކުރެވިފައިވާ "ޓަކް ޝޮޕް" ނުވަތަ ކުޑަ ފިހާރައިން ކާނާގެ ބާވަތުތަކާއި އެހެނިހެން ސާމާނު ގަނެވޭ ގޮތަށް ހުރުމުގެ އިތުރުން ބޭނުންކުރުމަށް ދެ ފާހާނާވެސް ވަނީ މި ސަރަހައްދުގައި ތައްޔާރު ކުރެވިފައެވެ. 

މަސްވެރިންނަށް މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސަބަބުން ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި އެ ކޯޕަރޭޝަނުން ޤަބޫލުކުރެއެވެ. މިއީ މަސްވެރިންނަށް ބޭނުންވާ ގިނަ ކަންތައްތަކާއި އެކު ކުރު މުއްދަތެއްގެ ތެރޭގައި ބިނާކުރެވިފައިވާ، ބޭނުންކުރަން ފަސޭހަ މައިޒާނެއް ކަމަށާއި، އަދި މުސްތަޤްބަލުގައި ވެސް މަސްވެރިންނަށް ދިމާވާ ކަންތައް ބަލައި އެކަންތައްތައް ޙައްލު ކުރުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކޮށްދޭނެކަމަށް އެޗްޑީސީން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް