ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރާލާފައިވާ ދޫނިތައް
ދޫނިތައް މަރާލި މައްސަލަ ފިޝަރީޒް މިނިސްޓްރީން ބަލަނީ
ރާއްޖެ އެތެރެ ކުރި ދޫނިތަކަށް، އަނިޔާވެރިކޮށް މަރާލި މައްސަލަ ތަހުގީގު ކުރަން ފަށާފައި ވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަރަންޓީނު ޔުނިޓުގައި ހުރި 120 ދޫންޏެއް މަރާލި މައްސަލަ އިއްޔެ ސޯޝަލް މީޑިއާގައި އާއްމު ވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމާއި މެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި ގަވައިދާއި ހިލާފަށް ދޫނި އެތެރެ ކުރި ނަމަވެސް އެ ދޫނިތަށް ނުމަރާ އަނބުރާ ފޮނުވާލެވެން އޮތްކަން ވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ. 

މަރާލި ދޫނިތަކުގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގައި ނެތިދާނެ ކަމުގެ ބިރު ބޮޑު ލިސްޓުގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނޫނީ އެމެޒޯނާ ފެރިސޯނާގެ ދޫނިތަކެއް ހިމެނެ އެވެ.  

މި މައްސަލައާއި ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މި ދޫނިތައް މަރާ ނުލާ ފޮނުވުމަށް މިނިސްޓްރީއަށް ލަފާ ދީފައި ވާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ދޫނިތަށް މަރާލީ އެ ގޮތަށް ކަންކުރުމަށް އޭޖީއިން ލަފާ ދިނުމުން ކަމަށް ވަނީ ބުނެފައެވެ. 

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބިފައިވަނިކޮށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، އެ މައްސަލަ މިހާރު އެ ވުޒާރާއިން ބަލަން ފަށާފައި ވާކަމަށާއި، މިކަމާއި ގުޅިގެން އިތުރު ވާހަކައެއް ހިއްސާ ކުރެވޭނީ މައްސަލަ ބެލުމަށް ފަހު ކަމަށެވެ. 

މި މައްސަލަ ބަލާ ތަފްސީލީ ރިޕޯޓެއް ރައީސް އޮފީހަށް ހުށައެޅުމަށް ރައީސް ސޯލިހު ވަނީ ފިޝަރީޒް މިނިސްޓްރީއަށް މިއަދު އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް