ads
ރިޝްމީއާއި ރަވީ ވަކިވެއްޖެ
އެންމެ ލޯބި ޖޯޑުގެ ގޮތުގައި ފާހަގަކުރަމުން އައި ރަވީ އަދި ރިޝްމީ ވަކިވާން ނިންމައިފި އެވެ.

ދެ އަހަރުވީ ކައިވެނި ރޫޅާލަން ނިންމިކަން ރިޝްމީ ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. އެ ނޯޓުގައި އޭނާ ބުނެފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު އެެދެމީހުން ކައިވެނި ކުރިއިރު، ދެމީހުންވެސް ހީކުރީ އެހާ ހިސާބުން ދެން ވަކިވުމެއް ނޯންނާނެ ކަމަށެވެ.

އެހެން ގުޅުންތަކެކޭ އެއްގޮތަށް އެދެމީހުންގެ ދިރިއުޅުމުގެ ދަތުރުވެސް އަޑިގަޑާއި އުސްގަޑުގައިވެސް ވަރަށް ރީތި ކަމަށާއި، ފުރާނައަށް ނުރައްކާވި ދެ ހާދިސާއަކާއި ދިމާވެ، އެކަމުން ދެމީހުން އެކީގައި އަރައިވެސް ގަނެވުނު ކަމަށެވެ. 

ނަމަވެސް ވީ ދެއަހަރުތެރޭ ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިވެ، ވަރަށް ގިނަ ކަންތައްތައް ދަސްވެގެން ދިޔަކަމަށް ރިޝްމީ ބުނެފައިވެއެވެ. އެހެން މީހުންނެކޭ އެއްގޮތަށް މިއާ ބަލިމަޑުކަމުގައި އެކި ކަންތައްތަކާއި ކުރިމަތިވެ، ދެމީހުންގެ ހިޔާލާއި ކަންކަމުގައި ދެކޭ ގޮތްވެސް ވަރަށް ބޮޑަށް ތަފާތުވެގެން ދިޔަކަމަށް ރިޝްމީ ބުންޏެވެ.

އެހެންކަމުން ދެމީހުން ދުރުވާން ނިންމީ ކަމަށާއި، އެއީ ދެމީހުންނަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް އުންމީދު ކުރާ ކަަމަށެވެ. އަދި މިދަނޑިވަޅުގައި އެދެމީހުންނަށް އެޑްޖެސްޓްވާން ވަގުތުދީ ޕްރައިވެސީ އަށް އިހްތިރާމު ކުރުމަށްވެސް އޭނާ ވަނީ އެދިފައެވެ. 

ރަވީ ވެސް ރިޝްމީ ވެސް ވަނީ ކުރިން އެހެން ކައިވެންޏެއް ކޮށްފައެވެ. އެކައިވެނިތަކަށް ދެމީހުންގެވެސް ކުދިން ތިބެއެވެ. ރަވީ އާއި ރިޝްމީގެ ކައިވެންޏަށް އަދި ކުއްޖަކު ލިބިފައެއް ނުވެއެވެ.

38%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް