ads
މިދިޔަ އަހަރު ޙާޞިލު ކުރެއްވި މާލެއަތޮޅު ތުލުސްދޫ އިޔުރިޝް، އިބްރާހީމް ރައޫފް،
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ރައޫފް އަވަހާރާވެއްޖެ
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު، މިދިޔަ އަހަރު ހާސިލު ކުރެއްވި މާލެއަތޮޅު ތުލުސްދޫ އިޔުރިޝް، އިބްރާހީމް ރައޫފް، އަވަހާރާ ވެއްޖެ އެވެ.

އިބްރާހީމް ރައޫފް އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، ރޭ މެންދަމުގެ ވަގުތެއްގައި، އޭ.ޑީ.ކޭ. ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރަކީ 59 އަހަރެވެ.

އިބްރާހީމް ރައޫފަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެރުވީ، މިދިޔަ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، 26 ޑިސެންބަރު 2021 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއެވެ.

އަލްމަރްޙޫމް އިބްރާހީމް ރައޫފަކީ، 38 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިބްރާހީމް ރައޫފް، މާލެއަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމު،
ދެ ދައުރު ފުރިހަމަކުރައްވައި، ތިން ވަނަ ދައުރުގައި ރައީސްކަން ވެސް ކުރައްވާފައިވެއެވެ.

އަލްމަރްޙޫމް އިބްރާހީމް ރައޫފް، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 12 ސެޕްޓެންބަރު 1982 ގައެވެ. އަތޮޅު އޮފީހުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 13 އޮގަސްޓު 1984 ގައެވެ. ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، ކ. އަތޮޅުއޮފީހުގެ ސެކްރެޓަރީ ކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ހިމެނެއެވެ.

އަލްމަރްޙޫމް އިބްރާހީމް ރައޫފަކީ، އަތޮޅުގެ ތަރައްޤީއަށާއި ކުރިއެރުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އެކިއެކި މުބާރާތްތައް ބޭއްވެވުމުގައްޔާއި، ރަށު ކައުންސިލްތައް ހިނގާނުހިނގާގޮތް މޮނިޓަ ކުރެއްވުމުގައްޔާއި، ރަށްރަށުގައި އަލަށް އިންތިޚާބުވާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން، ޤާނޫނުތަކަށް އަހުލުވެރިކުރުވުން ފަދަ ގިނަ މަސައްކަތްތަކެއް ވަރަށް ޒިންމާދާރުކަމާއި އިޚްލާޞްތެރިކަމާއެކު އިބްރާހީމް ރައޫފް އިސްނަންގަވައިގެން ކުރައްވާފައިވެއެވެ.

އިބްރާހިމް ރައޫފް އަވަހާރާވުމާއި ގުޅިގެން، އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ތައުޒިޔާ ދަންނަވްފައެވެ. މިއަދު އާސަހަރާއަށް ވަޑައިގެން، އިބްރާހީމް ރައޫފްގެ މޫނު ދެކެވަޑައިގެން، އިބްރާހީމް ރައޫފްގެ އަނބިކަނބަލުން އިނާޔާ މޫސާއާއި، އާއިލާގެ ބޭފުޅުންނާ ރައީސް ވަނބީ ބައްދަލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް