ads
ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން
ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ
މާލޭގައި މިހާރު ކުރިއަށްދާ ރާއްޖެ- ބަންގަލްދޭޝް އެކުވެރިކަމުގެ ވޮލީ ސީރީސްގެ ދެވަނަ މެޗުން ދިވެހި ޓީމު ބަލިވެއްޖެއެވެ.

ރާއްޖެއާ ބަންގްލަދޭޝް ކުޅުނު ދެވަނަ މެޗުން ރާއްޖެ ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ. މި ދެ ޓީމުގެ ފްރެންޑްލީ ސީރީސްގެ ފުރަތަމަ މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކުރީ ރާއްޖެއެވެ. ރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ ނަމަވެސް ރާއްޖެ މި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކިއެވެ. މި މެޗު ބައްލަވާލެއްވުމަށް ރައީސުލް ޖުމްހޫރިއްޔާވެސް ވަޑައިގެންނެވިއެވެ. 

ރާއްޖެއާ ބަންގްލަދޭޝް ކުޅޭ އެކުވެރިކަމުގެ ފަހު މެޗު ކުޅޭނީ މާދަމާ ރޭއެވެ. މެޗުތައް ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް