ads
ރާއްޖެ- ބަންގަލްދޭޝް މެޗެއްގެ ތެރެއިން
ދިވެހި ވޮލީ ޓީމު މެޗަކަށް ވުރެ މެޗެއް ދަށް
ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމާ ދެކޮޅަށް ދިވެހި ވޮލީ ޓީމުން ކުޅުނު ތިން މެޗުގެ ފްރެންޑްލީ ސީރީސް، މެޗަކަށް ވުރެ މެޗެއް ދަށްކޮށްގޮސް ނިންމާލައިފިއެވެ.

ރާއްޖެއާ ބަންގްލަދޭޝްގެ އެކުވެރިކަމުގެ ފަހު މެޗު އޮތީ ހުކުރު ދުވަހުގެ ރޭއެވެ. މި މެޗުން ދިވެހި ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ތިން ސެޓު އެއް ސެޓުން ދިވެހި ޓީމު ކާމިޔާބުކޮށްފައިވާއިރު، ދެވަނަ މެޗުން ތިން ސެޓު އެއް ސެޓުން ދިވެހި ޓީމުވީ ބައްޔެވެ. އެއަށް ފަހު، ފަހު މެޗުން ސެޓެއްވެސް ނުލިބުމުން ދިވެހި ޓީމުވަނީ މެޗަކަށްވުރެ މެޗެއް ނަތީޖާ ދަށްވެފައެވެ. 

މިދިޔަ އަހަރު ފަހުކޮޅުވެސް ވޮލީ ޓީމުން މާލޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުނެވެ. އޭގެ ތެރެއިން ލަންކާއާ ދެކޮޅަށް ކުޅުނު ތިން މެޗުން ދިވެހި ޓީމު ބަލިވެފައިވާއިރު އިންޑީޔާގެ ކްލަބަކާ ދެކޮޅަށް ކުޅުނު މެޗުތަކުން ދިވެހި ޓީމު މޮޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް