ads
ފެޒްލީން އާއި މަގާމުގެ ފަތްކޮޅު ޕީޖީ ޝަމީމް ހަވާލުކޮށްދެއްވަނީ---
އެސިސްޓެންޓް ޕީޖީގެ މަޤާމަށް ފެޒްލީން އައްޔަންކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމް، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ މަރްޔަމް ފެޒްލީން އައްޔަންކުރައްވައިފިއެވެ.

ފެޒްލީން މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ ސީނިއަ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. އެމަގާމުގައި މިހާރުވެސް އޭނާއާއިއެކު ހަތަރު ބޭފުޅުކު ތިއްބަވައެވެ. އަދި އެއް ޑެޕިއުޓީއަކު ހުންނަވައެވެ.

ޕީޖީ ހުސެއިން ޝަމީމް އައްޔަންކުރައްވާ އެއޮފީހުގެ އެންމެ އިސް މަޤާމުތަކުގައި މި ވަގުތު ތިއްބެވީ

  1. ޑެޕިއުޓީ ޕްރޮސިކިއުޓަރު ޖެނެރަލް މަހްމޫދް ސަލީމް
  2. އެސިސްޓެންޓް ޕީޖީ ހުސައިން ނާޝިދު
  3. އެސިސްޓެންޓް ޕީޖީ ޝަމްރާ ޝަމީމް
  4. އެސިސްޓެންޓް ޕީޖީ އަބްދުﷲ ރާބިއު
  5. އެސިސްޓެންޓް ޕީޖީ މަރްޔަމް ފެޒްލީންއެވެ.

ފެޒްލީން ޤާނޫނީ ދާއިރާއިން ހިދުމަށްކޮށްދެއްވަން ފެއްޓެވީ 13 މޭ 2009 ވަނަ އަހަރު އެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ. އެ އެއަށްފަހު ގެންދަވަނީ މެދުކެނޑުމެއްނެތި އެ އޮފީހަށް ހިދުމަށްކޮށްދެއްވަމުންނެވެ. 

ފެޒްލީންއަކީ މިވަގުތު ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން އެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ޤާނޫނީ ވަކީލެވެ.

ފެޒްލީން ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން، ޝަރީއަތާއި ޤާނޫނުގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން ކޮމްޕެރެޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި ޤާނޫނީ ދާއިރާއިން ގިނަ އަދަދެއްގެ ސެމިނާތަކާއި، ޓްރެއިނިން ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ.

ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕީޖީގެ މަގާމަށް ޝަމީމް އެންމެ ފަހުން ބޭފުޅަކު އައްޔަން ކުރައްވާފައިވަނީ 2020ވަނަ އަހަރު ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ އެސިސްޓެންޓް ޕީޖީ އަބްދުﷲ ރާބިއު އެވެ. އޭނާ  މިވަގުތުވެސް ހުންނެވީ އެމަގާމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް