ads
ކަސްޓަމްސް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ/ މުހައްމަދު ޝަރުހާން
ޖެނުއަރީމަހު އެތެރެ ކުރި މުދަލާއި، ބޭރުކުރި މުދަލުގެ އަދަދު އިތުރުވެއްޖެ
ވޭތުވެދިޔަ ޖެނުއަރީ މަހު އެތެރެކުރި މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަދަދު މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަދަދު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު 44 އިންސައްތަ އިތުރުވެފަ އެވެ. އަދި ރާއްޖެއަށް އިންޕޯޓް ކުރި މުދަލުގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 49އިންސައްތަ އިތުރުވެފަ އެވެ.

your imageކަސްޓަމަސްގެ މިދިޔަމަހުގެ ހިސާބުތައް

މިއަހަރުގެ ޖެނުއަރީގައި ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. 2021ގެ އެމުއްދަތުގައި ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާގެ މުދަލެވެ.

މި އަހަރުގެ ޖެނުއަރީ މަހު 471 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު މިދިޔަ އަހަރުގެ ޖެނުއަރީގައި ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ 327 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ 30 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ މަހު 312 މިލިއަން ރުފިޔާ ލިބުނުއިރު، 2021ވަނަ އަހަރުގެ ޖެނުއަރީގައި ލިބުނީ 240 މިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެ ކުރީ ޗައިނާއިންނެވެ. އެއީ 831 މިލިއަން ރުފިޔާގެ މުދަލެވެ. އޭގެ އިތުރުން އޮމާނުން 572 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައި ވެއެވެ.

އެންމެ ގިނައިން އެތެރެ ކޮށްފައިވަނީ މެޝިނަރީ އާއި މެކޭނިކަލް އަދި އިލެކްޓްރިކަލް އެޕްލަޔަންސްއެވެ. ދެން އެންމެ ގިނައިން އެތެރެކުރީ ކާބޯތަކެއްޗެވެ.  

ރާއްޖެއިން އެންމެ ގިނަ މުދާ ބޭރު ކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ 164 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކާއި ކަނޑުމަހުގެ އެކި އުފެއްދުންތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް