ads
ދިވެހި ޓީމާ ގުޅޭ އާ ކޯޗު ވެލޯސޯ
ވޮލީ ޓީމަށް ތަޖުރިބާކާރު ބިދޭސީ ކޯޗެއް
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ހަމަ ޖައްސައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަފްތާއެއްހާ ދުވަހުގެ ތެރޭ އާ ކޯޗު ޓީމާ ހަވާލުވާނެއެވެ.

ބްރެޒިލްއަށް ނިސްބަތްވާ އުމުރުން ފަންސާސް ހަތަރު އަހަރުގެ ވެލޯސޯއަކީ ތަޖުރިބާކާރު ކޯޗެކެވެ. އޭނާވަނީ ފަންސަވީހަކަށް އަހަރު ކޯޗިންގައި މިހާތަނަށް މަސައްކަތްކޮށްފައެވެ. އޭނާ މަސައްކަތްކޮށްފައިވާ ތަންތަނުގެ ތެރޭގައި ބްރެޒިލްގެ އިތުރުން ބަހްރޭން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާވަނީ ބްރެޒިލްގެ ބައެއް އުމުރުފުރާތަކުގެ ގައުމީ ޓީމުތަކާއެކުވެސް މަސައްކަތްކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިވެހި ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް މި ވަގުތު ހުރީ މުހައްމަދު ޝާޖިދުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ދިވެހި ޓީމުން މި ފަހުން ކުޅުނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ސީރީސްއެކެވެ. މީގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު އަނެއް ދެމެޗުންވަނީ ބަލިވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް