ads
ގިނަ ދުވަސްތަކެއްވެފައި ހުރި އިކްތިއޮސޯ އެއްގެ ކަށިތަކެއް ފެނިއްޖެ
2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރުޓްލޭންޑް ވޯޓާ ނޭޗާ ރިޒާވްގެ ފެންގަނޑުގައި މަސައްކަތް ކުރަމުން ދިޔަ ޖޯ ޑޭވިސް އަށް ޗަކަގަނޑު ތެރެއިން އާދަޔާ ހިލާފު އެއްޗެހިތަކެއް މައްޗަށް އަރާފައިވާ ތަން ފެނުނެވެ.

"އަހަރެން ކައުންޓީ ކައުންސިލަށް ގުޅައިފައި ބުނިން، އަހަރެންނަށް ހީވާ ގޮތުގައި އަހަރެންނަށް ޑައިނަސޯއެއް ފެނުނު ކަމަށް،" ރުޓްލޭންޑް ވޯޓާ ނޭޗާ ފެންގަނޑުގައި މަސައްކަތް ކުރާ ޖޯ ޑޭވިސް ތަފްސީލުކޮށްދިނެވެ.

ނަމަވެސް އެއީ ޑައިނަސޯއެއް ނޫނެވެ. އެއީ 10 މީޓަރު ދިގު ކަނޑުގެ ޖަނަވާރެއް ކަމަށްވާ އިކްތިއޮސޯ ނަމަކަށް ކިޔާ ޖަނަވާރެއްގެ ފޮސިލައިޒްޑް ކަށިތަކެއް ކަމަށް ވެއެވެ. އަދި އެއީ އިނގިރޭސިވިލާތުން މިހާތަނަށް ފެނުނު މިބާވަތުގެ އެންމެ ބޮޑު އެއްޗެވެ. 

"ޗަކަގަނޑުގައި ހިލަ ނުވަތަ ރިޖްތަކެއް ކަހަލަ އެއްޗެއް ހެން ހުރި އެއަށް ބެލުމަށްފަހު، އަހަރެން ބުނިން މިއީ ތަންކޮޅެއް އޯގަނިކް، އަދި ތަފާތު އެއްޗެއް ކަމަށް،" މިސްޓާ ޑޭވިސް ބީބީސީ ނިއުސް އަށް ބުންޏެވެ. އޭގެ ފަހުން އަހަރުމެންނަށް ފެނިފައިވަނީ ޖޯބޯން އެއްގޮތަށް ހުރި އެއްޗެކެވެ. 

ރުޓްލޭންޑް ކައުންޓީގައި ޑައިނަސޯ ޑިޕާޓްމެންޓެއް ނުހުންނާތީ އޭތި ގާތުން ބެލުމަށް ޕެލެއޮންޓޮލޮޖިސްޓުންގެ ޓީމެއް ގެނެސްފައިވެއެވެ. 

އެމީހުން ނިންމާފައިވަނީ އެއީ އިކްތިއޮސޯ އެއް ކަމަށާއި އެއީ ހޫނު ލޭ އެކުލެވޭ، ވައިގެ ތެރޭގައި ނޭވާލާ ކަނޑުގެ ދިރިއުޅޭ ޖަނަވާރެއް ކަމަށެވެ. ނަމަވެސް އެއީ ކޯމަހާ އެއްގޮތް އެއްޗެއް ނޫނެވެ. އިކްތިއޮސޯ އަށް 25 މީޓަރު ދިގުމިނުގައި ބޮޑުވެދާނެ ކަމަށާއި އަދި އެއީ މީގެ 250 މިލިއަނާއި 90 މިލިއަނާއި ދެމެދުގެ އަހަރުތަކެއް ކުރިން ދިރިއުޅެފައިވާ އެއްޗެއްސެވެ.

މި މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރުމަށް މެންޗެސްޓާ ޔުނިވާސިޓީގެ ޕެލެއޮންޓޮލޮޖިސްޓެއް ކަމަށްވާ ޑޮކްޓަރު ޑީން ލޯމެކްސް ގެނެސްފައިވެއެވެ. މި ހޯދުމަކީ، "ޙަޤީޤަތުގައި ވެސް ދުވަހަކުވެސް ނުދެކޭފަދަ" އަދި އޭގެ ބޮޑުމިނާއި ފުރިހަމަކަމުގެ ސަބަބުން އެއީ ބްރިޓިޝް ޕެލެންއޮންޓޮލޮޖިކަލް ތާރީހުގައިވެސް ފެނުނު އެންމެ ބޮޑު އެއް ހޯދުން ކަމުގައި އޭނާ ބުނެފައިވެއެވެ. 

"އާންމު ގޮތެއްގައި އަހަރުމެންނަށް ހީވެފައިވަނީ ގިނަ ފަރުބަދަތައް ގިރުމުގެ ސަބަބުން ޑޯސެޓްގެ ޖުރޭސިކް އައްސޭރިފަށް ނުވަތަ ޔޯކްޝަޔާގެ އައްސޭރިފަށުން ކަމަށް އިކްތިއޮސޯ އާއި އެހެނިހެން މެރިން ރެޕްޓައިލްސްތައް ފެނިގެންދަނީ. މިތާ އިންލަންޑް ލޮކޭޝަނެއްގައި ފެނުމަކީ ވަރަށް އާދަޔާ ޚިލާފު ކަމެއް."

ރުޓްލޭންޑް އަކީ އައްސޭރިފަށުން ތިރީސް މޭލަށްވުރެ ދުރުގައި ވާ ރަށެކެވެ. ނަމަވެސް މީގެ 200 މިލިއަން އަހަރު ކުރިން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މާނައަކީ ކުރިން އެއީ ތިލަ ހިސާބެއް ކަމެވެ. 

2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ފަހުކޮޅު، ރުޓްލޭންޑް ރިޒާވްގައި ހުރި ފެނުގެ މިންވަރު އަނެއްކާވެސް ދަށްވާން ފެށުމުން، ޕެލެއޮންޓޮލޮޖިސްޓުންގެ ޓީމަކުން އައިސް، އެތަން އެކްސްކަވޭޓް ކުރަން ފެށިއެވެ. އެތާނގައި އޮތް ބޮޑު ބޮލުގެ ކަށިގަނޑު ނެގުމުގައި ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ. 

ޕްލާސްޓާ އަޅައި ލަކުޑިގަނޑު މަތީ ބޭއްވުމުގެ ކުރިން ކްލޭ ބްލޮކް އެއްގެ ތެރެއަށް ލައި އިކްތިއޮސޯގެ ބޯ ވަނީ ކޮނެގެން ނަގާފައެވެ. ގާތްގަނޑަކަށް ޓަނެއްގެ ބަރުދަން ހުރި މި ބްލޮކް، ޗަކަގަނޑުން ނަގާފައިވާ އިރު، އިތުރަށް މީތި އެގްޒަމައިން ކުރާނެއެވެ.

ރީޑީން ޔުނިވާސިޓީގެ ވިޒިޓިން ރިސާޗް އަދި ޕެލެއޮންޓޮލޮޖިކަލް ކޮންޒަވޭޓާ ނައިޖެލް ލާކިން ވަނީ، "އެހާ ބަރު އަދި އެހާމެ މުހިންމު އަދި ނާޒުކު ފޮސިލް އެއް ރައްކާތެރިކަމާއެކު އުފުލުމުގެ ޒިންމާއަކީ ގިނަ ފަހަރަށް ލިބޭ ފުރުސަތުތަކެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު ޒިންމާއެއް ނަމަވެސް ޗެލެންޖަކަށް ލޯބިކުރަން." ކަމަށް ބުނެފައެވެ. 

ރުޓްލޭންޑްގެ ފެންގަނޑު މެނޭޖްކުރާ އެންގްލިއަން ވޯޓާ، މިހާރު ދަނީ އެ ސަރަހައްދުގައި އިކްތިއޮސޯ ބާއްވައި، އާންމުންނަށް އޭތި ބަލާލަން ފުރުސަތު ހޯދައިދިނުމަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް