ads
ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ: ފޮޓޯ| މިހާރު
ސިފައިންގެ އިންޓެލިޖެންސްގެ ވެރިއަކަށް ޒުހުރީ ހަމަޖައްސައިފި
ޑިފެންސްގެ އިންޓެލިޖެންސް ސާވިސްގެ ކޮމާންޑަރަކަށް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ ހަމަޖައްސައިފި އެވެ.

ސިފައިންގެ އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި މީގެ ކުރިން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއް ލަތީފެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއް ލަތީފް ވަނީ ސިފައިންގެ އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވާފައެވެ. 

މިދިޔަ އަހަރުގެ ޖަނަވަރީ މަހު ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓް ކުރެއްވި ޒުހުރީ ޑިފެންސްގެ އިންޓެލިޖެންސް ސާވިސްގެ ކޮމާންޑަރަކަށް، އައްޔަން ކުރެއްވީ މީގެ މަސްދުވަސް ކުރިންނެވެ. 

މީގެ ކުރިން ޒުހުރީ ވަނީ، ފަޔާ އެންޑް ރިސްކިއުގެ ކޮމާންޑަރު ކަމުގެ މަގާމުގެ އިތުރުން ޕްރެޒިޓެންޝަލް ގާޑުގެ ކޮމާންޑިން އޮފިސަރުކަންވެސް ކުރައްވާފައެވެ. 

މީގެ އިތުރުންވެސް ޒުހުރީ ވަނީ، އެމްއެންޑީއެފް ސަދަން އޭރިޔާގެ ކޮމާންޑަރުކަމުގެ އިތުރުން އެމްއެންޑީއެފްގެ އެހެން ކޮމާންޑްތަކުގެ ކޮމާންޑަރުކަން ވެސް ކުރައްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް