ads
ރައީސުލްޖުމްހޫރިއްޔާ ސްކައުޓަކާއެކު
ގައުމީ ސްކައުޓް އެސެމްބްލީ އަންނަ މަހު އޮންލައިންކޮށް
ޤައުމީ ސްކައުޓު އެސެންބްލީ އަންނަ މަހު އޮންލައިންކޮށް ބޭއްވުމަށް ސްކައުޓް އެސޯސިއޭޝަނުން ތާވަލުކޮށްފިއެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނި ގޮތުގައި ގައުމީ ސްކައުޓް އެސެމްބްލީ އޮންނާނީ އަންނަ މަހުގެ ސައްބީސްވަނަ ދުވަހުއެވެ. މި އެސެމްބްލީގައި މި ދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި މި ހިނގާ އަހަރަށް ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތައް ހުށަހެޅުން އޮންނާނެއެވެ. އަދި ސްކައުޓް އެސޯސިއޭޝަންގެ ހިންގާ ޤަވަޢިދުން ލާޒިމްކުރާ މަޤާމުތަކަށް ޢައްޔަނު ކޮށްފައިވާ މީހުންނަށް ރުހުން ދިނުންވެސް އެސެމްބްލީގައި އޮންނާނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ. 

ސްކައުޓް އެސޯސިއޭޝަނުން ބުނި ގޮތުގައި މި އެސެމްބްލީގައި ބައިވެރިވެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް 2021 ވަނަ އަހަރު އެސޯސިއޭޝަނަށް އަހަރީފީ ދައްކާފައިވާ މެންބަރު ގުރޫޕުތަކުން ކަނޑައަޅާ މަންދޫބުންނަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް