ޖަަލު އޮފިސަރުންނަށް ގައިދީން ގޯނާ ކުރޭ: މުނާޒު
04 ޖެނުއަރީ 2020 - 11:26:14
ޖަލުތަކުގައި ތިބޭ ގައިދީން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ގޯނާކުރާ ކަމަށާއި އެކަހަލަ މީހުން އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެ އެވެ.

މުނާޒު މިހެން ވިދާޅުވެފައި މިވަނީ މާފުށި ޖަލުގެ ޔުނިޓް ހަތަރެއްގައި ތިބި ގައިދީންތަކަކާއި ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ރޭގެ ވަގުތެއްގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ބުނެ އާންމުވި ޚަބަރުތަކަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ފަރާތުން ކަރެކްޝަންސްގެ އޮފިސަރުންނަށް އެކިއެކި ގޯނާކުރުމަކީ ދޭތެރެދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ.
މުނާޒު ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ ގައިދީންނަށްވެސް ހެޔޮ ވިސްނައިދީ، އިސްލާހުކޮށް، ރިހިބިލިޓޭޓްކޮށް، މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރެ އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމަކީ ކަރެކްޝަންސްގެ އަމާޒެއް ކަމަށެވެ.
މުނާޒު އިތުރަށް ވިދާޅުވީ ކަރެކްޝަންސް އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް ކެތްތެރިކަމާ އެކު އަޅަމުން ގެންދާނެ ކަމަށެވެ.
ޖަލުތަކުގައި ތިބޭ ގައިދީންނާއި ކަރެކްޝަންސް އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތައް ހިނގުމަކީ އާންމުކޮށް ދިމާވާ މައްސަލަ އެކެވެ. މިފަދަ މައްސަލަތައް ހިނގާފައިވަނީ ޖަލުގެ ހިދުމަތްތައް ދަށްވެ ގައިދީންގެ ހައްގުތައް ކަށަވަރުނުކުރެވޭތީ ކަމަށް ބައެއް ގައިދީންގެ އާއިލާތަކުން މީގެ ކުރިން މީޑިއާގައި ބުނެފައިވެ އެވެ.
ޖަލުތަކުގައި ރަނގަޅުކުރަންޖެހޭ އެތައް މައްސަލައެއް ހުރި ކަން އެޗްއާރްސީއެމުން ވެސް ގެންދަނީ އަބަދުވެސް ފާހަގަކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް