ads
ކޮރޯނާ ވައިރަސް-- ފޮޓޯ: ޖުވިޝް ޕްރެސް
ސާސް ރޯގާއަށް ވުރެ ކޮރޯނާ ޖެހުނު މީހުން ގިނަ!
ދެހާސް ތިންވަނަ އަހަރު ހަލުވިކަމާއެކު ފެތުރުނު ސާސް ރޯގާއަށް ވުރެ ގިނަ މީހުންނަށް މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިއްޖެ އެވެ.

ސާސް ރޯގާ ނުވަތަ ސިވިއަ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ފެތުރެމުން ދިޔައިރު، ޖުމްލަ 8،100 މީހުންނަށް އެ ބަލި ޖެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. 

އެކަމަކު މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް މިހާތަނަށް 9.962 މީހަކަށް ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ. 

ކޮރޯނާ ވައިރަހުގައި މިހާތަނަށް 213 މީހުން މަރުވެފައި ވާއިރު، އެ އެންމެން ވެސް މަރުވެފައި ވަނީ ޗައިނާއިންނެވެ. މިއީ ސާސްއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. ސާސް ރޯގާ ޖެހުނު މީހުންގެ ތެރެއިން 774 މީހަކު މަރުވެފައު ވެއެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއްޔެ ބުނެފައި ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ދުނިޔެއަށް ސިއްހީ ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ. 

ޗައިނާ ނޫން އެހެން ގައުމުތަކުން އެ ބަލީގައި އެއްވެސް މީހަކު މަރުވެފައި ނުވި ނަމަވެސް، އެހެން ގައުމުތަކުގެ 98 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ. 

އެގޮތުން މިއަދު ވަނީ ކޮރޯނާ ވައިރަސް ހަށިގަނޑުގައި ހުރި ދެ މީހަކު އިނގިރޭސިވިލާތުން ފެނިފަ އެވެ. އެހެން ގައުމުތަކުގައި މި ބަލި ގިނައިން ޖެހިފައި ވަނީ ޗައިނާއަށް ދަތުރުކުރި މީހުންނަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް