ads
އެސްޓީއޯ ހެންވޭރު ފާމަސީ/ ފޮޓޯ:ސަން
އަސާސީ ބޭސް ނުހުންނަ ނަމަ ހުއްދަ ބާތިލު ކުރަނީ
ފާމަސީތަކުގައި ހުރިމަށް ލާޒިމްކޮށްފައިވާ އަސާސީ ބޭސްތައް ފާމަސީތަކުން ނުލިބޭނަމަ އެ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ހުއްދަ ބާތިލް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިހެން ބުނެފައިވަނީ، ރާއްޖޭގެ ފާމަސީ ތަކުގައި ހުންނަންޖެހޭ އަސާސީ ބޭސްތަކުގެ ލިސްޓު އާއްމުކޮށް ކުރި އިއުލާންގައެވެ. 

އެ މިނިސްޓްރީން ވަނީ އަސާސީ ލިސްޓުގައި ހިމެނޭ ބޭހުގެ ބާވަތްތައް ތިން ދަރަޖައަކަށް ބަހާފައެވެ. އެގޮތުން އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ނޫ ކުލައިން ފާހަގަ ކޮށްފައިވާ 125 ބާވަތުގެ ބޭހާއި ރީނދޫ ކުލައިން ފާހަގަ ކޮށްފައިވާ 33 ބާވަތުގެ ބޭހަކީ، އަތޮޅު ހޮސްޕިޓާތަކާއި ރީޖަނަލް ހޮސްޕިޓާތަކުގެ ފާމަސީތަކުގައި ކޮންމެ ވަގުތެއްގައިވެސް ހުންނަން ޖެހޭ ބޭސްތަކެވެ. 

މީގެ އިތުރުން ދަނބު ކުލައިން ފާހަގަ ކޮށްފައިވާ 43 ބާވަތުގެ ބޭހުގެ އިތުރުން ނޫ އަދު ރީނދޫ ކުލައިގެ ހިމެނޭ ހުރިހާ ބޭހެއް ޓާޝަރީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓާތަކުގެ ފާމަސީތަކުގައި ހުރުން ލާޒިމް ކަމަށް އިއުލާންގައި ވަނީ ބުނެފައެވެ.

އިއުލާންގައި އިތުރަށް ބުނެފައިވަނީ، އަސާސީ ބޭސް ފާމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ ތިން މަހަކުން އެއް މަހު ފާމަސީގައި ލިބެން ހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް (ބާކީ ހުރިވަރު އިނގޭ ގޮތަށް) މިއޮތޯރިޓީއަށް ލިޔުމުން ހުށަހަޅަންވާނެ ކަމަށާއި،

މީގެ އިތުރުން އެ އިއުލާންގައި ބުނެފައިވަނީ، ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީ އޯ އެމް) އާއި އޯވާ ދި ކައުންޓާ މެޑިސިން (އޯ ޓީ ސީ) ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ،  ލިސްޓުގައި ހިމެނޭ ހުރިހާ ބޭސްތަކެއް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސަން ހުރިހާ ފާމަސީއަކަށް އަންގާ ކަމަށާއި، އަދި މިއާއި އެއްގޮތަށް އަމަލުނުކުރާ ފަރާތްތައް ޖޫރިމަނާ ކުރުމާއި ހުއްދަ ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވާ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް