9770
CONFIRMED

DEATHS
8390
RECOVERED
🌏30,935,011
INFECTED
🌏21,159,459
RECOVERED
🌏959,565
DEATH
🌏68%
RECOVERY RATE
ބަޔަކު މޫނުގައި މާސްކު އަޅައިގެން-- ފޮޓޯ: އޭޕީ
ސަމާލުވޭ! މާސްކު އެޅުމާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރެނީ!
Share
ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް މޫނުގައި މާސްކު އަޅާނެ ރަނގަޅު ގޮތް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ދަނީ ފެތުރެމުންނެވެ.
Advertisement

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެތައް ސަތޭކަ ބަޔަކު ދަނީ އެފަދަ ދޮގު މައުލޫމާތު ހިމެނޭ ޕޯސްޓުތައް ޝެއާކޮށް ހަދަމުންނެވެ. 

އެފަދަ އެއް ޕޯސްޓުގައި ކިޔައިދެނީ ނުލާއި ހުދު ކުލައިން ހުންނަ މާސްކު އަޅަން ޖެހޭ ރަނގަޅު ގޮތެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ޕޯސްޓުގައި ވަނީ ދޮގު މައުލޫމާތެވެ. 

އެ ޕޯސްޓުގައި ބުނެފައި ވަނީ މާސްކުގެ ނޫކުލައިގެ ބައި ބޭރު ފުށަށް އަޅަން ޖެހެނީ ބަލިވެ އުޅޭ މީހުން ކަމަށެވެ. އަދި ހުދު ކުލަ ބޭރު ފުށަށް އަޅަން ޖެހެނީ ބަލި ނުވާ މީހުން ކަމަށެވެ. 

އެގޮތަށް އަމަލުކުރުމުން މާސްކުގެ ފިލްޓަރުން ޖަރާސީމު ވަނުން ހުއްޓުވާނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ތަޖުރިބާކާރުން ބުނެފައި ވަނީ އެއީ މުޅިން ދޮގު މައުލޫމާތު ކަމަށެވެ. 

your imageމާސްކު އެޅުމާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ ޕޯސްޓެއް--

އެފަދަ ޑިޒްޕޯޒަބަލް މާސްކު އަޅަން އޮންނަ ހަމައެކަނި ރަނގަޅު ގޮތަކީ ނޫ ކުލައިގެ ބައި ބޭރު ފުށަށް އަދި ހުދު ކުލައިގެ ބައި އެތެރެއަށެވެ. 

ނޫ ކުލައިގެ ބޭރު ފުށަށް އަޅަން ޖެހެނީ ފެން ނުވަންނަ ގޮތަށް ހަދާފައި ހުރުމުންނެވެ. އަދި ހުދު ކުލައިގެ ބައި އެތެރެއަށް އަޅަން ޖެހެނީ ޖަރާސީމު މާސްކުން ބޭރަށް ދިޔަ ނުދިނުމަށެވެ. 

ރާއްޖޭގައި ވެސް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނުމާއެކު މާސްކަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް މާސްކު ބޭނުން ކުރާއިރު، ނުބައި މައުލޫމާތުން ދުރުވެ، މާސްކު އަޅަން ޖެހޭ ރަނގަޅު ގޮތަށް އެޅުން މުހިއްމެވެ.

72%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް