ads
ފ ނިލަންދޫގައި ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ހެލްތު ކޭމްޕެއް ހިންގާފައި
ޓްރީ ޓޮޕް ހޮސްޕިޓަލުން ހެލްތް ކޭންޕެއް ފ.ނިލަންދޫގައި ބާއްވައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ޑިސިޕިލިރަނީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ މަލްޓި ސްޕެޝަލްޓީ ހެލްތް ކޭންމްޕެއް ފ.އަތޮޅަށް ހުޅުވާލައިގެން ފ. ނިލަންދޫގައި އަތޮޅު ހޮސްޕިޓަލާއިއެކު ފެބުރުއަރީ 18 އަދި 19 ވަނަ ދުވަހު ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ހެލްތް ކޭންޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ނުވަތަ ކަށީގެ ހާއްސަ ޑޮކްޓަރުން ނޭވާލާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން، ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން،  ޗައިލްޑް ނިއުޓްރިޝަންގެ ހާއްސަ އަދި އަންހެނުންގެ ހާއްސަ ޑޮކްޓަރުން ހަރަކާތްތެރި ވެފައިވެއެވެ.

މިގޮތުން ބަލިމީހުންނަށް ހެލްތް ސްކްރީނިން ހަދައިދިނުމުގެ އިތުރުން މި ހެލްތް ކޭންޕްގައި އިތުރު ފަރުވާ ބޭނުންފުޅުވާ ބޭފުޅުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައިފައިވެއެވެ. އަދި މި ހެލްތް ކޭންޕްގެ ހެލްތް ސްކްރީނިން ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހެލްތް ސްކްރީނިން ހިދުމަތް ވިހާވެސް ގިނަ މެހެމާނުންނަށް ފޯރުކޮށްދެވުނުކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ. 

މިގޮތުން ގާތްޑަކަށް 300 ބޭފުޅުންނަށް ހިދުމަތް ފޯރުކޮށްދީފައިވެއެވެ.

your imageފ.ނިލަންދޫގައި ޓްރީޓޮްޕް ހޮސްޕިޓަލުން ބޭއްވި ހެލްތު ކޭމްޕްގެ ތެރެއިން

ހެލްތް ކޭމްޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ ޑރ. މުހައްމަދު ހަބީބު، ކޮންސަލްޓަންޓް އީ.އެން.ޓީ ޑރ. ޗަންދުރަޝޭކަރު ރަވަލް، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް ރެސްޕިރޭޓޮރީ މެޑިސިން ޑރ. ރަގުލާން ރާޖަލިންގަމް، ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތް އޯޑަރ، ޗައިލްޑް ނިއުޓްރިޝަން ހާއްސަ ޑރ. ރުކްޝާނާ އަހްމަދު އަދި އަންހެނުންނަށް ހާއްސަ ޑރ. އައިމިނަތް ނުސްރާ ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް