ads
ކަރަން ދަރިއެއް ހޯދުމުން އަނީތާ ވެސް ދަރިއެއް ހޯދަން ބޭނުންވެއްޖެ!
ޔޭ ހޭ މޮހައްބަތެއިން އިން ގިނަ ބައެއްގެ މަގުބޫލު ކަމެއް ހޯދި ރަމަން ބައްލާ، އަސްލު ނަމުން ނަމަ ކަރަން ޕަޓޭލް ދަރިއަކު ހޯދުމުން، އެކްޓަރެސް އަންކިތާ ހަސަންނަދާނީ ވެސް ދަރިއަކު ބޭނުންވާ ކަމަށް އެނާ ބުނެފިއެވެ.

ކަރަން އާއި އޭނާގެ އަންހެނުން، އަންކިތާ ބަރްގަވާ އަށް ދަރިއަކު ލިބިފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. 

ދާދި ފަހުން އަނިތާ ކަރަން އާއި އަންކިތާ އާ ބައްދަލުކޮށްފައިވާ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަނީތާ ވަނީ ކަރަންގެ ދަރިފުޅު ވަރަށް ލޯބި ކަމަށް ބުނެފައެވެ. އަދި މިއީ ކަރަން އާއި އަންކިތާގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި އަދި އެމީހުންގެ ސަބަބުން ދަރިއެއް ހޯދަން ވިސްނާ ކަމަށް އަނީތާ ބުންޏެވެ.

އެގޮތުން ވަރަށް އަވަހަށް އެކަން ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އަނީތާ ވަނީ ބުނެފައެވެ.

އަނީތާ ގިނަ ބަޔަކަށް އެނގިގެން ދިޔައީ "ޔޭ ހޭ މޮހައްބަތައިން" އިން ޝަގުންގެ ރޯލުންނެވެ. އޭނާ މިހާރު އަންނަނީ އެޝޯގެ އިތުރުން "ނާގިން" ގައި ވެސް މަސައްކަތް ކުރަމުންނެވެ. އަނީތާ ވަނީ ގިނަ ބޮލީވުޑު ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. 

މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރު ކަރަން، އަންކިތާ އާއި ކައިވެނިކޮށްފައިވާއިރު ދެމީހުން އެކަކު އަނެކަކަށް ތައާރަފުކޮށްދިނީ ޔޭ ހޭ މޮހައްބަތެއިންގައި ރަމަންގެ ކޮއްކޮގެ ރޯލުން ފެނިގެންދާ ރޯމީ ކަމަށް ރަމަން ބުނެ އެވެ.

އަންކިތާއަކީ ޔޭ ހޭ މޮހައްބަތެއިންގައި އިޝިތާގެ ބައްޕަގެ ރޯލުން ފެނިގެންދާ އަބޭ ބަރްގާވާގެ އަސްލު ދަރި އެވެ.

42%
ކަމުގޮސްފި
37%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް