ads
ޔޫކްރެއިންގެ ވެރިރަށް
ޔޫކްރެއިންގެ ވެރިރަށަށް ރަޝިޔާ ސިފައިންގެ ވަރުދަގަ ހަމަލަތަކެއް
ޔޫކްރެއިންގެ ވެރިރަށް ކީވް އަށް ވަރުގަދަ ހަމަލަތަކެއްދީފިއެވެ.

ރޭ ފަތިހު ޔޫކްރެއިން ރައްޔިތުން ހޭލެވުނީ ރަޝިޔާ ސިފައިން ދެމުން ގެންދިޔަ ހަމަލަ ތަކުގެ އަޑަށެވެ. ޔުކްރެއިންއިން ލިބޭ ރިޕޯޓުތައް ބުނާގޮތުން ރަޝިޔާގެ ޖެޓްތައް ޔުކްރެއިންމަތީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އަދި ރަޝިޔާގެ ޓްރޫޕްތައް މިހާރު ޔުކްރެއިންގެ ވެރިރަށަށް ވަނީ ވަދެފައެވެ. އަދި މިހާތަނަށް 300 އަށްވުރެ ގިނަ ބޮޑެތި ހަމަލާތައް ޔޫކްރެއިންނަށް ވަނީ ދީފައެވެ. 

ޔޫކްރެއިންގައި ކިޔަވަމުންދިޔަ 35 ދިވެހި ކުދިންގެ ތެރެއިން 30 ކުއްޖަކު ޔޫކްރެއިންގެ ބޯޑަރާއި އެންމެ ކަައިރި ސީޓީން ބޭރުވެފައި ވީނަމަވެސް އޭގެތެރެއިން 14 ކުދިން އަދިވެސް ތިބީ ޔޫކްރެއިންގެ އެކި ސިޓީ ތަކުގައެވެ. އަދި މިއަދު ޔޫކްރެއިން އަށް ރަޝިއާ ސިފައިން ބާރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، ބޯޑަރާއި އެންމެ ކައިރި ސިޓީގައި މިވަގުތު ވެސް ފަސް ދިވެހި ދަރިވަރުން އެބަތިބި ކަމަށް މައުލޫމާތު ލިބެއެވެ. 

ޔުކްރެއިން އިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ ޔުކްރެއިންގެ ސަލާމަތަށް އެއްވެސް ބަޔަކު ރަޝިޔާ އާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޔުކްރޭއިންގެ ސިފައިންގެ އޮރިސަރުން ތަކެއްވެސް މިހަނގުރާމައިގައި މިހާރު މަރުވެފައިވާ ކަމަށެވެ. 

7%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް