ads
ރައީސް ސޯލިހު މިއަދު ނައިފަރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ސާޖަރީ ނިމި، އަލުން ވެރިކަމުގެ ބާރުތަކާއި ރައީސް ސޯލިހު ހަވާލުވެއްޖެ
ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި މިއަދު ކުރެއްވި އޮޕަރޭޝަނަށްފަހު ވެރިކަމުގެ ބާރުތަކާއި އަލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގެންފިއެވެ.

ރައީސް އޮފީހުން މީގެ ކުޑައިރުކޮޅެއް ކުރިން މައުލޫމާތު ދެމުން ބުނީ، ތައިރޮއިޑް ފަރުވާއަށް ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސް ކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އަލުން ރައީސް ސޯލިހު ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. 

އެމަނިކުފާނުގެ ސާޖަރީ ކުރެއްވުމަށް ހަމަޖެހުމުން މިއަދު ހެނދުނު 06:00 ގައި ރައީސް ކަމުގެ މަގާމާއި ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހަވާލުވެ މަގާމުގެ ހުވާ ކުރައްވާފައެވެ. 

އޮޕަރޭޝަނަށްފަހު ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ހެނދުނު ކުރި ސާޖަރީއަށް ފަހު މިހާރު ރިކަވާ ވަމުން އަންނަ ކަމަށެވެ. އަދި ހެޔޮ އެދުންތައް ފޮނުވި އެންމެހާ ފަރާތްތަކަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. 

"އަލްހަމްދުﷲ. ސާޖަރީ ނިމިއްޖެ. އަޅުގަނޑުގެ ހާލު އަންނަނީ ރަނގަޅުވަމުން އަދި އަޅުގަނޑު މިހުރީ ގަދަކޮށް. އަޅުގަނޑަށް ހެޔޮ އެދުންތައް ފޮނުވި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ. 

ގާނުނު އަސާސީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެއްވުމަށް ވަގުތީ ގޮތުން އެމަނިކުފާނު އުޒުވެރިވެއްޖެކަމަށް ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަންވާނެކަމަށެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާނީ އެކަން ރައްޔިތުން މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހުގައިކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް