ads
ފޮޓޯ/ ގޫގްލް
ޓީބީ ޖެހުނީމަ ކުރީ ވަރި! ފަހުން ކުރީ އާދޭސް!
އަޒާ އޭނާގެ ކައިވެނި ފެށީ ވަރަށް ލޯބިން އުޅުމަށެވެ. މައިން ބަފައިން ނުގަބޫލު ވުމަކީ ރާއްޖޭގައި ވަރަށް ގިނައިން ހިނގާ ކަމެކެވެ. އެހެންނަމަވެސް މިކައިވެންޏަކީ މައިންބަފައިންގެ ފުރިހަމަ ރުހުން ލިބިގެން ކުރި ކައިވެންޏެކެވެ. އެހެންނަމަވެސް އެންމެ ބޭނުން ވި ވަގުތު އޭނާގެ ފިރި މީހާ އޭނާ ދޫކޮށްލީ ކުރު ޖުމްލައަކުންނެވެ. "ތީނީ ވަރިކޮށްފައެވެ"

މިއީ މެދުރާއްޖެތެރޭ ހިނގައިދިޔަ ހަގިގީ ހާދިސާ އެކެވެ. ފިރިމީހާގެ އަޅާލުން އެންމެ ބޭނުންވި ވަގުތު އަނބިމީހާއަށް ޖެހުނު ގޮތްނޭނގޭ ބައްޔެއްގެ ސަބަބުން، ފިރިމީހާ ވަރިކުރި އަންހެނެއްގެ ވާހަކައެވެ.

އަޒާ އާއި ޒިހާން މައިންބަފައިންގެ ނުރުހުމުގައި ކުރި ކައިވެނި ރޫޅި ދިޔަގޮތް ގޮތް ކިޔައިދެމުން އަޒާ ބުނީ އެދުވަހު ކަންތައްވެ ދިޔަގޮތުން އެއީ ދުނިޔޭގެ ދިރިއުޅުމުގެ، ތަޖުރިބާ އެއް ކަމަށް ބަލައިގެން ކުރި ދަތުރުން މިއަދު އަމާން މަންޒިލަކަށް އާދެވިއްޖެ ކަމަށެވެ.

އަޒާ އޭނާގެ ހިތްދަތި އެ ދިރިއުޅުމުގެ ވާހަކަ "ސީއެންއެމް' އަށް ކިޔައިދެމުން ބުނީ ޒިހާން އާއި ކައިވެނި ކުރީ މައިންބަފައިންގެ އެދުމުގެ މަތިންކަމަށެވެ. އަދި ކައިވެނީގެ ފުރަތަމަ ކޮޅު ހީވެސް ނުކުރާހާ އުފާވެރި ކަމަށެވެ.

އެހެނަސް ކައިވެންޏަށް ތިން އަހަރު ވެގެން ދިޔައިރު އެ އުފާވެރިކަން ބަނދަލު ވެގެން ދިޔައީ މާބޮޑަށް ބަލިވެ ވަރުދެރަވެ ކޮޅަށް ނުހުރެވި އޮންނަން ޖެހުމުން ކަމަށާއި، އެހާ ހިސާބުން ފިމީހާގެ ފަރާތުން ލިބުނީ ނަފްރަތާއި ރުޅިވެރި ކަން ކަމަށް އަޒާ ބުންޏެވެ.

އެއީ ދެހާހުގެ އަހަރު ތަކުގެ ކުރީ ކޮޅެވެ. ސިއްހީ ވަސީލަތް އޭރު ރާއްޖޭގައި މިހާރުހާ ފުޅާކޮށް ލިބޭ ކަށް ނުހުރެއެވެ. އޭރު ބަލިވެއްޖެއްޔާ ކުރަނީ ދިވެހި ބޭސް ކަމަށާއި، ބަލިވެ ބޮޑުވަރުވެ ރަނގަޅު ނުވާ ހިސާބަށް ހިނގައްޖެނަމަ ދާން ޖެހެނީ ދިގުދަތުރަކަށް ފަހު މާލެއަށް ކަމަށެވެ.

ކައިވެންޏަށް ދެ އަހަރުވީއިރު އަޒާ މާބޮޑަށް ބަލިވާން ފެށި ކަމަށާއި، ކެއްސުމާއި ބޮލުގެ ރިހުން އިންތިހާއަށް ބޮޑުވެގެން ދިޔަ ކަމަށް އަޒާ ބުންޏެވެ. ބަލިބޮޑުވެ އެކި އެކި ދިވެހިބޭސް ކުރި ނަމަވެސް އެއްވެސް ލުޔެއް ނުލިބި ބަލި ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ކޮޅަށް ހުރެވޭ ފަހަރަށް ވުރެ ގިނަ ވަގުތު އޮށޯވެ އޮންނަން ޖެހުނެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވެގެން ދިޔައިރު ޒިހާން ރަށުން ބޭރަށް ދިޔައެވެ. އެއީ އަޒާ އަށް ފިރިއެއްގެ އަޅާލުން އެންމެ ބޭނުންވި ވަގުތު ކަމަށާއި، އެހެން ނަމަވެސް ގުޅިއަސް ފޯނު ނުނަގާ ކަމަށް އަޒާ ބުންޏެވެ. އަޒާގެ ބަލިބޮޑުވެ އަޒާގެ ބައްޕަ އާއި މަންމަ އަޒާ ގޮވައިގެން މާލެ ދިޔައެވެ. ޑޮކްޓަރަށް ދެއްކުމުން ބަލި ދެނެގަނެވުނު އިރު އަޒާ ހުރީ ޓީީބީ ޖެހިފައެވެ. އެއީ ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ އަޒާ ގޭގައި ދިރިއުޅޭ އޭނަގެ މަންމަޔާއި ބައްްޕަ އަށް ވެސް އެބަލި ވަނީ ޖެހިފަ ކަން ހެދި ޓެސްޓުން އެގުނެވެ.

ޒިހާންގެ އެހީ ނުލިބުނު ނަމަވެސް ހަލާލު ފިރިއެއް ދުނިޔެގަ ހުރެ އެފިރިއެއްގެ މަދަދާއި އަޅާލުމާއި އޯގާތެރިކަން ބޭނުން ވާނެކަން ޔަގީނެވެ. 

"ކެތް ނުވެގެން ގުޅިން ޒިހާން އަށް. ދިނީ ވަރަށް ކުރު ޖަވާބެއް. ބުނި ތިހުރީ ވަރިކޮށްފައޭ. ކަލޭ ބެނުންވަނީ ތި ބަލިގަނޑު އަހަންނަށްވެސް ޖައްސަންހޭ. އެހެން ބުނެފައި އޭނަ ފޯނު ކަޑާލި."އަޒާ ބުންޏެވެ.

އެއީ ހިތްދަތި ވަގުތެއް ކަމަށް ބުނެ އަޒާ ބުނީ ފަސް މަސް ވަންދެން މާލޭގައި ތިބެ ބޭސް ކޮށްގެން ރަށަށް ދިޔައީ އެއްކޮށް ބަލިން ފަސޭހަ ވެގެން ކަމަށެވެ. ބަލިން ފަސޭހަ ވުމާއެކު ކުރިން އަޒާ ހިކިކޮށް ހުއްޓަސް މީހާ އެއްކޮށް ރޫފަ ރީތިވެ ފުރިހަމަ އަންހެނެއްގެ ސިފަ ލިބުނު ކަމަށް އަޒާ ބުންޏެވެ. 

ރަށަށް ގޮސް މާގިނަ ދުވަހެއް ނުވެ ޒިހާން ގެއަށް އަންނަން ފެށި ކަމަށާއި އޭނާގެ މަޅީގައި ޖައްސަން އުޅުނު ކަމަށް އަޒާ ބުންޏެވެ. އެހެންނަމަވެސް ޒިހާންގެ މަޅީގައި ދުވަހަކުވެސް ނުޖެހޭނެ ކަމަށާއި، ކުރު ޖަވާބަކުން ޒިހާން އަށް ޖަވާބު ދިނުމަށްފަހު އޭނަޔަށް ދުވަހަކުވެސް އުދަނގޫ ނުކުރުމަށް ބުނި ކަމަށް އަޒާ ބުންޏެވެ.

މާގިނަ ދުވަހެއްނުވެ އަޒާގެ ހަޔާތަށް ބައިވެރިއަކު އޭނާ ހޯދިއެވެ. ފާރިޝް އާއި އަޒާ އާއި އުމުރުގެ ތަފާތު ބޮޑު ކަމުގައި ވިޔަސް ފާރިޝް އަކީ އަޒާގެ ހަޔާތަށް ލިބުނު ރަން ގަނޑެއް ފަދަ ފިރިއެވެ. މިއަދު އަޒާ އަށް ހަށިގަނޑުގެ އެންމެ ހިމަނާރާ ހަމަޔަށް ލޯތްބާއި އުފާ ލިބެމުންދާ ކަމަށާއި، އެއީ ދިރިއުޅުމެއްގައި އަންހެނަކަށް ދުނިޔެ މަތިން ލިބޭނެ އެންމެ މަތީ އުފާކަމަށް އަޒާ ބުންޏެވެ.

74%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް