ads
ޓްރީޓޮްޕް ހޮސްޕިޓަލުންވަނީ އެ ހޮސްޕިޓަލުގެ 4 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށާފައި
4 ވަނަ އަހަރީ ދުވަހާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުން ޑިސްކައުންޓްތަކެއް!
ޓްރީ ޓޮޕް ހޮސްޕިޓަލުގެ 4 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް މުޅިން އާ ޙާއްސަ ޑިސްކައުންޓެއް ތަޢާރަފް ކުރުމަށް ވަނީ އެ ހޮސްޕިޓަލުން ހަމަޖައްސައިފިއެވެ.

މިގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10 އިންސައްތައިގެ ހާއްސަ ޑިސްކައުންޓް ރޭޓެއް އަހަރީ ދުވަހަށް ހާއްސަކޮށްގެން ތައާރަފް ކުރުމަށްވަނީ ހަމަޖެހިފައެވެ. ތިރީގައިވާ ޕެކޭޖްތަކަށް މި ޙާއްސަ ޑިސްކައުންޓް ރޭޓް މާރިޗު 1 އަކުން 31 އަށް ލިބިވަޑައިގަންނަވާނެއެވެ.

  • "ވެލް މޭލް" ނުވަތަ ފިރިހެން ބޭފުޅުންނަށް ޙާއްސަ ޕެކޭޖް.
  • "ވެލް ވުމަން 18–34" 18 ނުވަތަ 18–34 އަހަރުގެ އަންހެން ބޭފުޅުންނަށް ޙާއްސަ ޕެކޭޖް.
  • "ވެލް ވުމަން 35" ނުވަތަ 35 އަހަރުން މަތީ އަންހެން ބޭފުޅުންނަށް ޙާއްސަ ޕެކޭޖް.
  • "ހެލްތީ ލިވިން" ނުވަތަ ދުޅަހެޔޮ ސިއްހަތަކަށް ޙާއްސަ ޕެކޭޖް.
  • "ހާޓް ސްކްރީނިންގ" ނުވަތަ ހިތުގެ ބަލިތަކަށް ޙާއްސަ ޕެކޭޖް.

މީގެ އިތުރުންވެސް، އާ ހުނަރުވެރި ޒުވާން މަސައްކަތްތެރިން އުފެއްދުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ "ޓްރީ ޓޮޕް ހޮސްޕިޓަލް އޯޕަން ޑޭ 2022" ގެ ނަމުގައި ކަރިއަ ގައިޑެންސް އަދި ވަޒީފާ ހޯދުމަތް ހާއްސަ ދުވަހެއް ބޭއްވުމަށް ނިންމާފައެވެ. މި ޕްރޮގްރާމް އަމާޒުކުރަނީ ސާނަވީ ތައުލީމް ނިންމާފައިވާ ޒުވާނުން މަސައްކަތުގެ ބާޒާރަށް ނިކުތުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އަދި މިގޮތުން، ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށްޓައި އެ ހޮސްޕިޓަލުން ވަނީ "ޓްރީ ޓޮޕް ހޮސްޕިޓަލް ނާސިންގ ސްކޮލާޝިޕް" އުފައްދައިފައެވެ. މި ސްކޮލާޝިޕްގެ ދަށުން 7 ދިވެހި ޒުވާން ނަރުހުން މިހާރުވެސް މުޅިން ހިލޭ ކަޔަވަމުން ދެއެވެ.

ނިމިގެން ދިޔަ އަހަރު ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފެމިލީ މެޑިސިން ކްލިނިކް، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހެލްތް ސެންޓަރ، ކެންސަރ ބަލިޖެހިފައިވާ މީހުންނަށް ޕެއިން އެންޑް ރިހެބިލިޓޭޓިވް ހިދުމަތްތައް އަދި ކުޑަކުދިންގެ ނިއުޓްރިޝަން ކްލިނިކްގެ ހިދުމުތްތައް ދޭން ފަށާފައެވެ.

2018 ވަނަ އަހަރު ހިދުމަތް ފޯރުކޮށްދޭންފެށި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީކަން މިފުރުސަތުގައި ފާހަގަކުރަމެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް