ads
ޔޫރޯ މެޑިކަލް ކްލިނިކް ފޮޓޯ:---
ޔޫރޯ މެޑިކަލް ކެއާ އިން ދެމުން ގެންދާ ޙިދުމަތްތައް މި މަހުގެ 15 އާ ހަމައަށް ހިލޭ!
ޔޫރޯ މެޑިކަލް ކެއާއިން ދެމުންދާ ޙިދުމަތްތައް ސީ.އެސް.އާރް. ގެ ދަށުން މި މަހުގެ 15އާ ހަމައަށް ހިލޭ ދެއްވުމަށް ނިންމައިފިއެވެ.

 ޔޫރޯ މެޑިކަލް ކެއާއަކީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޙިދުމަތްދޭ ޙާއްސަ ކްލިނިކެކެވެ. މިދިޔަތަނުގައި މި ކްލިނިކް އާންމުންގެ މެދުގައި މަޤްބޫލުވެފައިވަނީ ޔޫރޯލޮޖީގެ ޙިދުމަތް ފުޅާ ދާއިރާއެއްގައި މި ކްލިނިކުން ދެމުން ގެންދިއުމާ ގުޅިގެންނެވެ.

މި ކްލިނިކްގައި މިހާރު އަންހެނުންގެ ބަލިތަކާ ބެހޭ ޙާއްސަ ޑޮކްޓަރުންނާ، ސްކޭން ދިނުމުގެ ޙިދުމަތްތަކާ، ނަފްސާނީ ބަލިތަކާ ބެހޭ ފަރުވާޔާ ފެމިލީ މެޑިސިންއާ، އާންމު ބަލިތަކާ ގުޅޭ ޙިދުމަތްތައް ދަނީ ގެދަމުންނެވެ. އަދި ކުރިޔަށް އޮތް ތަނުގައި އިތުރު އެހެން ޙާއްސަ ބަލިތަކަށް ބޭނުންވާ ފަރުވާ ދޭ ޑޮކްޓަރުންގެ ޙިދުމަތް ފެށުމަށްވެސް ހަމަޖެހިފައިވެއެވެ. ޔޫރޯ މެޑިކަލްކެއާ ރީ-ބްރޭންޑް ކުރުމުގެ ޙިދުމަތް  ހިނގަމުންދާ ކަމަށް މި ކްލިނިކްގެ ފަރާތުން ވާހަކަ ދެއްކި ލަމްޙާ ވަޙީދު ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް