ads
އީމާންއަށް ލިބެމުންދިޔަ އެލެވެންސް އާއިލާއަށް ދިނުމަށް ނިންމައިފި
އެކްސިޑެންޓުގައި މަރުވި، މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އައިމިނަތު އީމާން އަށް ލިބެމުންދިޔަ އެލެވެންސް އާއިލާއަށް ދިނުމަށް އެދި ސަރުކާރަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 42 ވަނަ ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ހުށަހަޅުއްވާ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ތާއީދު ކުރެއްވި މި ހުށަހެޅުއްވުމުގައި ވަނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ލިބެމުން ދިޔަ 5000 ރުފިޔާގެ އެލަވެންސް ފަސް އަހަރު ދުވަހުގެ ދައުރު ހަމަވަންދެން އީމާންގެ އާއިލާއަށް މެދުކެނޑުމެއްނެތި ދިނުމަށެވެ.

އެ ހުށަހެޅުން ހުށަހަޅުއްވަމުން ނަހްލާ ވިދާޅުވީ، ދައުރުގެ މެދުތެރެއިން ވަަރަށް ކުއްލި ގޮތަކަށް އީމާން މަރުވިއިރު އޭނާގެ ވަރަށް ތުއްތު ދެކުދިންވެސް އެބަތިިބިކަމަށެވެ. އެެހެންކަމުން އީމާންއަށް ލިބެމުން އައި 5000 ރުފިޔާގެ އެލަވަންސް އާއިލާއަށް ދިނުމަށް ނިންމައިދިނުމަށް އެދޭ ކަމަށް ނަހްލާ ވިދާޅުވިއެވެ. 

އެ ހުށަހެޅުމަށްފަހު މޭޔަރު މުއިއްޒު ވިދާޅުވީ، އީމާން އަށް ލިބެމުންދިޔަ އެލަވަންސް ފަސް ދައުރު ހަމަވަންދެން ހުއްޓާ ނުލާ ދިނުމަށް އެލްޖޭއޭ އާއި ސަރުކާރުގައިވެސް އެދޭނެ ކަމަށެވެ. 

އެއާއިއެކު މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ވަނީ ފާސްވެފައެވެ.

ހުޅުމާލޭގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އީމާން މަރުވުމާއި ގުޅިގެން މިއަދުގެ ޖަލްސާގައި ވަނީ އެއް މިނެޓްގެ ސުކޫތެއް ގެނެސްފައެވެ. އީމާން މަރުވިއިރު ހައަރާއި، ހަތް އަހަރުގެ ކުއްޖަކު އޭނާގެ އެބަހުއްޓެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް