ads
ފުއްލާއެއް ކޮވިޑް 19 އަށް ޓެސްޓު ކުރަނީ
ފުއްލާއަކުން އިންސާނަކަށް ކޮވިޑް ޖެހިއްޖެ
ފުއްލާއަކުން އިންސާނަކަށް ކޮވިޑް ޖެހިފައިވާކަން ކެނެޑާގެ ސައިންސްވެރިންގެ ޓީމަކުން ބުނެފިއެވެ.

ފުއްލާއަކުން ކޮވިޑް ޖެހިފައިވަނީ މިދިޔަ ނޮވެންބަރު މަހު ފުއްލާތަކަކާ ވަރަށް ގާތް ގުޅުމެއް ބޭއްވި މީހެއްކަމަށް އެމީހުން ކުރި ދިރާސާގައި ބުނެފައިވެއެވެ. 

މި ހާދިސާ ހިނގާފައިވަނީ  ކެނެޑާގެ އޮންޓާރިއޯ ސިޓީގައެވެ. 

ލޯވާ ސްޓޭޓް ޔުނިވާސިޓީން އާންމުކުރި ޕްރި ޕްރިންޓް ރިސާޗެއްގައި ބުނެގައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ހުދު ނަގޫ ލާފައި ހުންނަ 17 ފުއްލާ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަމަށެވެ. މިކަން ހާމަވެފައިވަނީ ފުއްލާތައް ކޮވިޑަށް ޓެސްޓު ކުރުމުންނެވެ.

އެމީހާ ފުއްލާތަކާ އެކު ގިނަ ދުވަސްތަކެއް ވަންދެން އެކަނި ދިރިއުޅެފައިވާކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. ނަމަވެސް ފުއްލާތަކުގެ ސަބަބުން ކޮވިޑް ޖެހުނު މީހާގެ ޒާތީ މައުލޫމާތު ވަނީ ސިއްރު ކޮށްފައެވެ.  

ނޯތު އެމެރިކާގައި 80 އިންސައްތަ ޖަނަވާރަށް ކޮވިޑް ވައިރަސް ޖެހިފައިވާކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެއެވެ. އަދި ސައިންސުވެރިން އަންނަނީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ކޮވިޑް އަރާމިންވަރު ދިރާސާ ކުރަމުންނެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް