ads
ފާހާނާތެރެ ހުރެ ތުބުން ފުމުނު ޒުވާނަކަށް ދިމާވި ބިރުވެރި ހާދިސާ
މިއީ އިންސާނެއް ކަމަށް ހީކޮށް ޖިއްނިއަކު ސައިކަލުގެ ފަހަތަށް އަރުވައިގެން މުޅި މާލެތެރޭ ދުއްވި ފިރިހެނަކަށް ދިމާވި ހާދިސާއެކެވެ. މި ހާދިސާއަކީ ރަހުމަތްތެރިއެއްގެ ރަށްޓެއްސަކަށް ދިމާވިކަމަށް ބުނެ އޭނާ ކިޔައިދީފައިވާ ވާހަކައެކެވެ. މިވާހަކައިން އިބުރަތެއްވެސް ލިބޭތީ ވާހަކައެެއްގެ ގޮތުގައި ޝާއިއުކޮށްލީއެވެ.

އުޒާމް ( އަސްލު ނަމެއް ނޫން) މާލެ ބަދަލުވީ ކިޔަވާ ނިންމުމަށް ފަހު ކޯސް ހެނދުމަށެވެ. އުޒާމް ކިޔަވަން ބަހައްޓާފައި ހުރީ ކުދިންބަލާ ގެއެއްގަ އެވެ. އުޒާމް އަކީ މަޑު މައިތިރި ބަސް މަދު ކުއްޖެކެވެ. އެހާގިނައިން މީހުންނާއި ވާހަކަ ދައްކާ ނޫޅެއެވެ. އަބަދުވެސް އޭނާ ކަމަކީ ގޭތެރޭގައި އޮވެ ކޮންމެވެސް ފޮތެއް ކިއުމެވެ. 

ވިއާމް އާއި އުޒާމް ދެމީހުން ކިޔަވަން ތިބީ އެއްގެއެއްގައެވެ. ވިއާމް ބުނީ އޭނާ އާއި އުޒާމް ދެމީހުން އެރޭ ޓިއުޝަން ކުލާސް ނިންމުމަށް ފަހު ގެއަށް އައީ އެރޭ އޮއްސި ހަތެއް ޖެހި އިރު ކަމަށެވެ. ގެއަށް އައިސް ވިއާމް ދިޔައީ ރައްޓެއްސަކާ އެކު ބޭރަށް ކަމަށާއި، އުޒާމް އަކީ އެއްވެސް މީހަކާ މާބޮޑު ގުޅުމެއް އޮންނަ މީހެއްނޫން ކަމުން އޭނާ ވަނީ ކޮޓަރި ތެރެއަށް ކަމަށް ވިއާމް ބުންޏެވެ. 

ބޭރަށް ދިޔަގޮތަށް ވިއާމް ބުނީ ވިއާމް އަށް ގެއަށް އާދެވުނީ އެރޭ އެއްގަޑި ފަނަރަ އެހާކަށް ހާއިރު ކަމަށެވެ. ގޭތެރޭގައި އަބަދު އޮންނަ އުޒާމް ގޭތެރެއިން ފެންނަން ނެތުމުން އޭނާ އަށް ގުޅިކަމަށް ވިއާމް ބުންޏެވެ. ފޯނު ރިންގުވީ އޭނާ ނިދާ އެދުމަތިންނެވެ. ފޯނު ބާއްވާފައި އުޒާމް ދުރަށް ނުދާނެ ކަން އެނގޭތީ އާއިއެކު މާބޮޑު އެއްޗެއް ހިތައް ނާރާ ކަމަށާއި، ދަން ވެފައި ހުރުމުން ނިދީ ކަމަށް ވިއާމް ބުންޏެވެ. 

ވިއާމް އަށް ހޭލެވުނީ މީހެއްގެ ކުކުރުމުގެ އަޑަށް ކަމަށް އޭނާ ބުންޏެވެ. އެއަޑަށް ހޭލެވުނު އިރު އުޒާމް ހަށިގަނޑުގައި އަޅަމުންދާ ވޭނަކަށް ކެތްނުވެގެން ދެކޮޅަށް ފުރޮޅޭހެން ޓައިލްސް މަތީގައި އެބުރެމުން ދިޔަކަމަށް އުޒާމް ބުންޏެވެ. 

އުޒާމް އޭރު އޮތީ ގަމީސް ބާލާފައި ކަމަށާއި، އޭނާ އާއި ކައިރިވަމުން ހަށިގަނޑުން ނޫފާގެންފައި ހުރި ތަންތަނާއި، ރަތް ކުލައިގެ ބޮޑެތި މާކް ތަކެއް ފެންނަން ހުރި ކަމަށް ވިއާމް ބުންޏެވެ. ކަން ހިގައިދިޔަ ގޮތް ކިޔައި ދިނުމަށް އެދުމުން އުޒާމް އިންކާރު ކުރި ކަމަށް ވިއާމް ބުންޏެވެ. ނަމަވެސް އުޒާމް ގައިގައި އަޅަމުން ދިޔަ ވޭނާއި ރިހުމުން ބޮޑު ކަމެއް ހިނގައިގެން އުޅޭކަން އެގޭ ކަމަށް އޭނާ ބުންޏެވެ.

ފަތިސްވެ ބަންގީގެ އަޑު އިވުނެވެ. އުޒާމް އަށް ހަމަނޭވާ އެއް ލެވުނީ ބަންގީގެ އަޑަށެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު އެރޭ ހިނގައިދިޔަ ކަންތައް ކިޔައި ދިނެވެ. އުޒާމް ބުނީ އޭނާ ގެއަށް އައިސް ވަނީ ފާހާނާ އަށް ކަމަށެވެ. ފެންވަރަން ހުރެ ތުބުން ފުމެމުން ފެންވަރަމުން އުޒާމް ދިޔަ ކަމަށް ވިއާމް ބުންޏެވެ.

ކުއްލިއަކަށް އުޒާމްގެ އަޑު ނޫން އެހެން އަޑަކުން ތުބުން ފުމޭ އަޑު އިވުނު ކަމަށާއި، އެއަޑަށް ޖެއްސުންކޮށް ފަހަތުން ތުބުން ފުމުނީ ކަމަށް އުޒާމް ބުނި ކަމަށް ވިއާމް ބުންޏެވެ. ފެންވަރައިގެން ފަހާނާ އިން ނުކުމެ ބޭރު ޖޯލީގައި އިންދާ އައީ ރީތި ހިމަ ތޮޅި އަންހެން ކުއްޖެއް ކަމަށާއި، ސައިކަލުގަ ބޭރަށް ދާން ބުނުމުން އޭނާ ގޮވައިގެން ބުރެއް ޖަހަން މާލެވަށާ ދިޔައީ ކަމަށް އުޒާމް ބުނި ކަމަށް ވިއާމް ބުންޏެވެ. 

އަދި އޭނާ ބުނި ހިސާބަކަށް އޭނަ ގެންގޮސް ބޭހެއްޓީ ހެންވޭރު ސަހަރާ ވައަތް ފަޅީގައި ހުރި ގެއެއްގެ ދޮރުމަތީގައި ކަމަށާއި، އޭނާ ސައިކަލުން ބޭލުމަށް ފަހު ފަސް އެނބުރި ބެލި އިރު އެ މަންޖެ ފެންނަން ނެތްކަމަށް އުޒާމް ބުނި ކަމަށް ވިއާމް ބުންޏެވެ. 

އަވަސް އަވަހަށް އުޒާމް ގެއަށް އައީ ކަމަށާއި، ގެއަށް ވަދެ ގަމީސް ބޭލުމުން އެގުނީ އޭނާ އަށް ސައިކަލުގެ ފަހަތުގައި ގެންދެވުނީ އިންސާނެއް ނޫން ކަމަށެވެ. ސައިކަލުގެ އިން އަންހެން ކުއްޖާ އުޒާމް ގައިގައި ޖެހިފައި ހުރި ތަންތަން އެއްކޮށް ރަތް ވެފައި ހުރުމުން އެއީ ރަނގަޅެއް ނޫން ކަން އެގުނު ކަމަށެވެ.

ޖެހިގެން އައި ދުވަހު އުޒާމް އޭނާގެ ރަށަށްް ދިޔަ ކަމަށާއި، އޭގެ ފަހުން އޭނާ އަށް ގުޅާފައި ވާހަކަ ނުދެއްކުނަސް އެކި ރައްޓެހިންގެ ފަރާތުން އޭނާގެ ހަބަރު ބަލާ ހެދި ކަމަށް ވިއާމް ބުންޏެވެ. އުޒާމްވީ މިއަދު މިފަނާވަނިވި ދުނިޔެއާއި ވަކިވެފައެވެ. މުޅި އުމުރަށެވެ. އެހެން ނަމަވެސް އެ އެ އެކުވެރިޔާ އަށް އަބަދުވެސް ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރާ ކަމަށާއި، އެފަދަ ކަންތައްތަކަކީ މަދުން ނަމަވެސް ފެންނަ ކަންކަން ކަމަށް ބުނެ އެފަދަ ކަން ކަމުން ސަލާމަތްވެ ތިބުމަށް ވިއާމް އެދުނެވެ.

އެޑިޓަރުގެ ނޯޓް:

މި އާޓިކަލްގައި މިވަނީ ރާއްޖެތެރޭ ރަށެއްގައި ހިނގި ހަގީގީ ހާދިސާއެކެވެ. ސީއެންއެމްއިން "ހަގީގީ ހާދިސާ" މި ނަމުގައި ގެނެސްދެމުންދާ ވާހަކަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ގޮތުން ވާހަކައިގައި ބޭނުންކޮށްފައިވާނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ.

24%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް