ކުއްލިއަކަށް ހާލު ސީރިއަސްވެ އަރީޝާ މަރުވެއްޖެ
އަޙްމަދު ޝަބީން
05 މާރޗް 2022 - 13:39:40
ބޮޑު ދެ ބައްޔަކަށް ފަރުވާ ހޯދަމުން އައި އަރީޝާ އަބްދުﷲ މިއަދު މަރުވެއްޖެއެވެ.
އުމުރުން 23 އަހަރުގެ އަރީޝާ މަރުވީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ޖެހޭ ބައްޔެއްކަމަށްވާ ޕަލްމިނަރީ އާޓެރީ ހައިޕަޓެންޝަނާއި ޝޯގްރީން ސިންޑްރޯމް ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
އަރީޝާ މަރުވީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކުއްލިއަކަށް ހާލު ސީރިއަސްވެގެންނެވެ.
މި ދެ ބަލި އަރީޝާގެ ހަށިގަނޑުން ދެނެގަނެވިފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އަރީޝާ އައީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.
ދުވަހަކަށް ފަހު ދުވަހެއް ފާއިތުވެ އަރީޝާގެ ހާލު ގޯސްވާން ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެ ފަހުން އަރީޝާ އައިޖީއެމްއެޗުން ފަރުވާ ހޯދި އެވެ. އަރީޝާގެ ހާލު އިތުރަށް ގޯސްވީ ހުސްވި ޖަނަވަރީގައި އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އޭގެ ފަހުން އަރީޝާ ފަރުވާ ހޯދީ ޓްރީޓޮޕުންނެވެ.
33%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް