ads
ހަންގޭރީގެ އެއާޕޯޓް. ފޮޓޯ: ޓްރެވަލް ޑެއިލީ މީޑިއާ
ޔޫކްރެއިނުން ހަންގޭރީއަށް ދިޔަ ދިވެހިން މިއަދު ރާއްޖެ އަންނާނެ: މިނިސްޓްރީ
ޔޫކްރެއިނުން ހަންގޭރީއަށް ދިޔަ ދިވެހިން މިއަދު ރާއްޖެ އަންނާނެކަމަށް ފޮރިން މިިނިސްޓްރީން ބުނެފިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދިވެހި ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަނީ ޔޫކްރެއިނުގައި އެންމެ ފަހުން ތިބި ދިވެހިން ހަންގޭރީ ބޯޑަރު ހުރަސްކޮށް އެ ގައުމުގެ ވެރިރަށް ކަމަށްވާ ބުޑަޕެސްޓަށް ގެންގޮސްދީފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ ނާދެވިފައި ތިބި 06 ދަރިވަރުންނާއި, 03 ކުދިން ހިމެނޭ އާއިލާއެއް މިހާރު ހަންގޭރީން ރާއްޖެއަށް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި އެ މީހުން މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ޔޫކްރެއިންގެ އިވަނޯގައި ތިބި 15 ދިވެހިން މިދިޔަ ހަފުތާގައި ރާއްޖެ ގެނައީ ވެސް ހަންގޭރީ މަގުންނެވެ.

ފޮރިން މިނިސްޓްރީން ވަނީ ރަޝިޔާގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ރާއްޖެ އަންނަން ބޭނުންވާނަމަ ސަރުކާރުން އެކަން ހަމަޖައްސައިދޭނެކަމަށް ވެސް ބުނެފައެވެ. އެ ގޮތުން މިހާރު ވެސް 06 ދަރިވަރަކު ރާއްޖެ އަންނަން އެދިފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް