ads
ނީލަން ފިހާރަ ސަރަހައްދު. ފޮޓޯ:އަވަސް
ފަޅުމަތީ މަގުގައި ހުރި މުދާތައް ނަގަން ސިޓީ ކައުންސިލުން އަންގައިފި
މާލޭ ދެކުނު ފަރާތު ކުރީގެ 01 ނަމްބަރ ކުނިކޮށި ހިމެނޭ ސަރަހައްދުގެ ފަޅުމަތީ މަގުގައި އެކި ފަރާތްތަކުން ބަހައްޓާފައިވާ މުދާ ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ, މާލޭ ދެކުނު ފަރާތު ކުރީގެ 01 ނަމްބަރ ކުނިކޮށި ހިމެނޭ ސަރަހައްދުގެ ފަޅުމަތީ މަގުގައި އެކި ފަރާތްތަކުން މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި, މަގުމައްޗަށް ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާތީ އާންމު ރަތްޔިތުންގެ ފަރާތުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން, އެ މައްސަލަ އެ ކައުންސިލަށް ހުށަހަޅަމުން ގެންދާ ކަމަށެވެ.

ހަމައެހެންމެ މިއީ މީގެ ކުރިން އެތައް ފަހަރަކު އެ ކައުންސިލުން މަނާކޮށް ނުކުރުމަށް އެފަދަ ފަރާތްތަކަށް އަންގާފައިވާކަމެއްކަމަށް ވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

''މިހާރު އެ ސަރަހައްދުގެ މަގުމަތީގަޔާއި ނީލަން މުދާ ( ބައުމުދާ ) ވިއްކާ ގޮޅިތަކުން ބޭރުގައި ހުރި އެކި ބާވަތްތަކުގެ މުދަލާއި މަގުމައްޗަށް އަޅާފައި ހުރި ކުނިތައް އެ ތަކެތި ބެހެއްޓި ފަރާތްތަކުން 10 މާރޗް 2022 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ނަގާ ފަޅުމަތީ މަގު ސާފުކުރުމަށް އަންގަމެވެ.'' ސިޓީ ކައުންސިލުގެ އިއުލާނުގައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ މުއްދަތުގެ ނިޔަލަށް ނުނަގާ ހުރި ތަކެތި އެ ކައުންސިލުން ނަގައި, ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށެވެ. އަދި ހަމައެހެންމެ އެ ތަކެތި ނެގުމުގައާއި, ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި, އުނި އިތުރަށް ޒިންމާ ނުވާނެކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް